ޗައިނާގެ ޔުނިވަރސިޓީއާއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބޭއްވި ބައްދަލުވުން --- ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ހަބަރު
02 Jun 2024 | 20:09
ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު، މަސްވެރިކަމާބެހޭ ވުޒާރާއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޗައިނާގެ ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވަޑައިގަތީ، ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއުއެވެ. އަދި، ޝަންހާއީ އޯޝަން ޔުނިވަރސިޓީގެ ފަރާތުން ޔުނިވަރސިޓީގެ ޗެއަރމަން، ވަންގް ހޮންޒޫއާއި، ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި، ޗެއަރމަން، ވަންގް ހޮންޒޫ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއާއި ކަނޑުގެ ދިރާސާތަކަށް ފަންނީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޔުނިވަރސިޓީއިން ޝައުގުވެރިވާކަން ހާމަކޮށްފައި ވެއެވެ.

އެގޮތުން، ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓުއުޓް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށް ވަން ހޮންޒޫ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޔުނިވާސިޓީގެ ދަރިވަރުން ތަމްރީނުކުރުމަށް، ޑިގްރީ ކޯސްތަކުގައި ކިޔެވުމަށް އެ ޔުނިވާސިޓީއަށް ރާއްޖޭގެ ދަރިވަރުންނަށް ވަން ހޮންޒޫ ދައުވަތު ދެއްވިއެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި ގާއިމްކުރަމުން އަންނަ "ފިޝަރީޒް ކޮލެޖު" އަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޔުނިވަރސިޓީއިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެގޮތުން، ލެކްޗަރާއިން ތަމްރީނު ކުރުމާއި ދިރާސާ ކުރުމާއި ދަރިވަރުން ތަމްރީނުކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ބޭނުންވާކަން ވަން ހޮންޒޫ ފާހަގަކުރެއްވިއެވެ.

މީގެ ިއިތުރުން ޒުވާނުން، މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ކުރުމަށް ޝައުގުވެރިކުރުވުގެ ގޮތުން އެކްސްޗޭންޖު ޕްރޮގްރާމްތަކަށް މަރުހަބާ ކިޔާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން މެރިން ރިސާޗް ދާއިރާ ކުރިއެރުވުމަށް ކުރި މަޝްވަރާތައް ހަގީގަތަކަށް ހެދުމަށް އެ ޔުނިވަރސިޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް ބައްދަލުވުމުގައި ވަން ހޮންޒޫ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު ވަނީ، ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއެކު ގާތް ގުޅުމެއް އުފައްދައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވެފައެވެ.

ބައްދަލުވުން ނިންމާލައްވާފައިވަނީ، ޝަންހާއީ އޯޝަން ޔުނިވަރސިޓީއާއި މިނިސްޓްރީއާއެކު އެއްބާރުލުން ޤާއިމުކޮށް ކަމާގުޅޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް  އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެކަމުގެ އިޝާރާތާ އެކުގައެވެ.

ޝަންހާއީ އޯޝަން ޔުނިވަރސިޓީއަކީ، މެރިން ސައިންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ޔުނިވަރސިޓީއެކެވެ. އެގޮތުން އެ ޔުނިވާސިޓީން ދުނިޔޭގެ އެކި ގައުމުތަކުގެ 150 އަށް ވުރެ ގިނަ ޔުނިވަރސިޓީއާއެކު މަސައްކަތްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
މަސް ދޯނި
ފުރަތަ މަސްވެރިންގެ ލާރި ޖަމާކޮއްބަލަ ކޮންމަސްވަރާ ބައްދަލްވުމެއްތަ
02 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.