"ނިޔާވެހި" އިފްތިތާޙު ކުރުން - ފޮޓޯ: ޕީއެސްއެމް
ހަބަރު
04 Jun 2024 | 20:05
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާހުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، "ނިޔާވެހި" ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ނެރެންފަށާ ނިއުސްލެޓަރއެކެވެ. މިއީ ޕީޖީ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓަރއެވެ.

ޕީޖީ އޮފީހުން ހާމަ ކުރެއްވި ގޮތުގައި މި ނިއުސްލެޓަރ ނެރެންފަށަނީ ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް، ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުޞަދުގައެވެ.

"ނިޔާވެހި" ނިއުސްލެޓަރ ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު އެއްފަހަރުއެވެ. މި ނިއުސްލެޓަރގައި ލިޔުމުގެ ފުރުޞަތު ވިކްޓިމް ސަޕޯޓް ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ.

މި ނިއުސްލެޓަރ ގައި، ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކުން ކަނޑައެޅޭ އުޞޫލުތަކާއި، އެ މައްސަލަތަކުގައި ޕީޖީ އޮފީހުން ޢަމަލުކުރާ އުޞޫލުތަކަށް އަންނަ ބަދަލުތައް ނިއުސްލެޓަރގައި ޝާއިޢުކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ވިދާޅުވީ، ވިކްޓިމް ސަޕޯޓް ދާއިރާގެ ކަންކަމާބެހޭ މައުލޫމާތު ހިމެނޭ ރަސްމީ ގޮތެއްގައި ޝާޢިއު ކުރެވޭނެ ގޮތެއް ނެތުމަކީ އެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އޮތް ހުސްކަމެއް ކަމަށެވެ. އެހެންކަމުން "ނިޔާވެހި" ނިއުސްލެޓަރއަކީ އެކަން ހައްލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމުގެ އިސްނެންގެވުމަކަށް ކުރައްވާ މަސައްކަތެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ޚިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ޤާނޫނީ ނިޒާމާ ގުޅޭ މަސައްކަތްކުރާ ފަންނީ ބޭފުޅުންވެސް ހިމެނޭ މުހިންމު ދާއިރާއެކެވެ. އެ ބޭފުޅުން، ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއްދޭ ބަޔަކަށް ހެދުމުގެ ގޮތުން ދާއިރާއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެފައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.