ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމު ކުށްވެރިކޮށް ކުރިން ބޭއްވި ހިނގާލުމެއް -- ފޮޓޯ: ވޮއިސް
ހަބަރު
02 Jun 2024 | 22:39
ރާއްޖެއިން އިޒުރޭލު ޕާސްޕޯޓް މަނާކުރަން އުޅޭ ޚަބަރު ދުނިޔޭގެ ސަމާލުކަމަށް

ނިރުބަވެރި އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖޭގެ ޤާނޫނު ބަދަލުކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވީ އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ވަރަށް އަވަހަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

މި ކަން އިޢުލާން ކުރެއްވުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ޚަބަރު ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށް އައިސްފައެވެ. އެގޮތުން 'ދަ މިޑްލް އީސްޓް އައި' އާއި އިންޑިއާ ޓުޑޭ އަދި އެސޯސިއޭޓު ޕްރެސް (އޭޕީ) އިން ވެސް އެ ޚަބަރު ވަނީ ގެނެސް ދީފައެވެ.

މީގެ އިތުރުން އިސްރާއީލުގެ ނޫހެއް ކަމަށްވާ 'ޓައިމްސް އޮފް އިސްރާއީލްއިން' ވެސް މި ޚަބަރު ގެނެސްދީފައިވާއިރު، އިސްރާއިލުގެ ޚާރިޖީ ވަޒީރު، އެ ޤައުމުގެ މީހުން ރާއްޖެއަށް ނުދިޔުމަށް އިލްތިމާސް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ރާއްޖޭގައި އިސްރާއީލުގެ ރައްޔިތުން ތިބި ނަމަ، ވީހާވެސް އަވަހަކަށް، ފުރައިގެން ދިއުމަށް އިލްތިމާސް ކުރާކަމަށެވެ. 

މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ރާއްޖެއިން އިސްރާއިލުގެ ޕާސްޕޯޓު ބޭން ކުރުމަށް ޤާނޫނަށް ބަދަލުގެންނަން ނިންމާފައިވާއިރު މީގެ އިތުރުންވެސް، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި ރައީސް ޑރ.މުޢިއްޒު އެންވޯއިއެއް ކަނޑައެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި އދ ގެ ވޯކް އެންޑް ރިލީފް އެޖެންސީ މެދުވެރިކޮށް، ފަލަސްތީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑް ރައިޒް ކުރުމަށް ހަރަކާތްތަކެއް ވެސް ވަނީ ރާވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.