ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް-- ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2024 | 20:18
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް ރައީސް މައުމޫންވެސް ތަޢުރީފް ކުރައްވައިފި

އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ.

ސަރުކާރުގެ މި ނިންމުމަށް ތަޢުރީފް ކުރައްވާ މައުމޫން ވަނީ، އެކްސްގައި ޕޯސްޓެއް ކުރައްވާ، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ނިންމި ނިންމުން، އެހެން ދިވެހިންނެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ އިއްޔެއެވެ. 

އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މި ނިންމެވުން ނިންމެވި އިރު، މީގެ އިތުރުންވެސް، އިސްރާއީލާއި ފަލަޞްޠީނުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަޞްޠީނުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި ރައީސް ޑރ.މުޢިއްޒު އެންވޯއިއެއް ކަނޑައެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި އދ ގެ ވޯކް އެންޑް ރިލީފް އެޖެންސީ މެދުވެރިކޮށް، ފަލަސްތީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑް ރައިޒް ކުރުމަށްވެސް ހަރަކާތްތަކެއް ރާވަާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ
01 Jul 2026
ދާރުލް އާސާރުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައެއް ނެތް
ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި، އެކަމަށް ޗައިނާ ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށާ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
01 Jul 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ފިރުޒުލް އައްޔަނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނުކޮށްފިއެވެ.
01 Jul 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
މެންބަރު ވަނީ މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.