އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު --- ފޮޓޯ: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
ހަބަރު
04 Jun 2024 | 00:27
ބްރިޖު މަޝްރޫޢު މިހާރު ކުރިއަށްދާގޮތުން ސްޕީޑް އިތުރަށް އަވަސްވާނެ - ޑރ. މުއްޠަލިބު

ބްރިޖު މަޝްރޫޢު މިހާރު ކުރިއަށްދާގޮތުން ސްޕީޑް އިތުރަށްވެސް އަވަސްވާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އާއެކު، ތިލަ މާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ބައްލަވާލެއްވުމަށް މަޝްރޫޢުގެ ސައިޓަށް ކުރެއްވި ޒިޔާރާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ޒިޔާރާތުގައި، ތިލަ މާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ހިނގަމުން ދާ ގޮތާއި ނިމިފައި ހުރި މަރުޙަލާތައް ބެއްލެވުމަށްޓަކައި، ވަޒީރާއި ސަފީރާއެކު، ހައި ކޮމިޝަނުގެ އިސް ބޭފުޅުންނާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިސްވެރީން، އަދި ޓެކްނިކަލް ޓީމެއްވެސް ބައިވެރިވެލެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މިދާ ސްޕިޑުގަ ދާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ އަޅުގަނޑުމެންނަށް މިހާރު މަސައްކަތް އިތުރަށްވެސް ސްޕީޑް އަޕް ކުރެވި މަސައްކަތް އަވަސްކުރުމުގެ ފުރުސަތު ވަރަށް ބޮޑޭ"

ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޒިޔާރާތުގެ ތެރެއިން ދެނެގަނެވުނު އެކިއެކި ކަންކަމާ ގުޅޭގޮތުންނާއި، މަޝްރޫޢޫގެ މަސައްކަތްތައް ކުރިއަށް ދާ ބާރު މިނާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އިންޑިއާ ސަރުކާރާއި އެމްބަސީއާ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މިއަދު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި މިހާތަނަށް ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން 38.88% މަސައްކަތް ވަނީ ނިމިފައެވެ. މަޝްރޫޢުގެ ދަށުން، ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ 66% ނިންމާފައިވާއިރު، އޭގެ ތެރެއިން ޕައިލް ކެޕްގެ 46% މަސައްކަތާއި ޕިއަރ ކޮލަމްސް ގެ 48% މަސައްކަތް ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ ޑެކަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސް ގެ 31% ކާސްޓުކޮށް ނިންމާފައިވާއިރު، މިހާތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓް ވަނީ ލޯންޗުވެސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.