ޕީއެސްއެމް ޓީވީ ބިލިޑިންގ-- ފޮޓޯ: ޕީއެސްއެމް
ހަބަރު
29 May 2024 | 20:58
ޑޮލަރު ގަތުމުގެ ނަމުގައި 4 މިލިއަން ރުފިޔާގެ ޚިޔާނާތް - ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ޑޮލަރެއްވެސް ނެތް!

ދައުލައުގެ މީޑިޔާ، ޕީއެސްއެމްގައި، 4 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ، ޒީނާ ޒާހިރު ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން، ކުންފުނީގެ ބަޖެޓުން އަމިއްލަ ފަރާތަކާ މެދު ޝައްކުއުފެދޭ ފަދަ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. 

އެގޮތުން، ޑޮލަރު ގަތުމުގެ ނަމުގައި، އަމިއްލަ ފަރާތަކަށް ގިނަ ޢަދަދެއްގެ ފައިސާ ފޮނުވާފައިވާކަން ޒީނާ ހާމަކުރެއްވިއެވެ.

މި ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ހެޑްގެ މަގާމުގައި ހުންނެވި ފަރާތަށެވެ. އެހެންކަމުން، ކުރީގެ ފައިނޭންސްގެ ހެޑް ސަސްޕެންޑްކޮށް މައްސަލަ ތަޙްޤީގު ކުރުމަށްފަހު މި މަހުގެ 19 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވިއެވެ.

ޒީނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްްސަސާތަކަށް މިކަން ހިއްސާ ކޮށްފައިފައިވާނެ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން، ޖިނާއީ ތަޙްޤީގެއް ހިންގުމަށް އެދި ފުލުހުންނަށް ހުށަހަޅައިގެން އެ މައްސަލަ ފުލުހުންވެސް ބަލަމުންދާ ކަަމަށް ޒީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލަ އިތުރަށް ބެލުމަށް 2017 ވަނަ އަހަރުން ފެށިގެން މި މަހާ ހަމައަށް ކުންފުނީގެ ޚާއްސަ އޮޑިޓެއް ކުރިއަށް ގެންދިއުމަށް އޮޑިޓް އޮފީހުގައި މިދިޔަ މަހު ސިޓީއަކުން އެދިފައިވާނެ ކަމަށްވެސް ޒީނާ ވިދާޅުވުވިއެވެ.

މިއަދު ބޭއްވި ނޫސްބެރިންގެ ބައްދަލުވުމުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވި ޒީނާ ވަނީ، ކުންފުނީގެ މާލީ ޙާލަތާމެދު ކަންބޮޑުވާ ފަދަ ގިނަ ކަންތައްތަކެއް ހިއްސާ ކުރައްވާފައެވެ. 

އެގޮތުން ޒީނާ މަގާމާއި ހަވާލުއިިރު އެ ކުންފުނީގެ ތިޖުރީގައި އެންމެ ފައިސާއެއްވެސް ނެތް ކަމަށް ޒީނާ ވިދާޅުވިއިރު، ކުންފުނީގެ ދަރަނި 261 މިލިއަނަށް އަރާކަން ފާހަގަކޮށްލެވެއެވެ.

"މި ދެންނެވީ އެންމެ 10ރުފިޔާއެއްހާ ހިސާބުވެސް ޕީއެސްއެމްގެ ތިޖޫރީގައި ނެތް، ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި އެންމެ ޑޮލަރެއްވެސް ނެތް. ތަހުގީގަށް ދައްކާގޮތުގައި ތިޖޫރީގައި ހުރީ ހަތް ރުފިޔާ.".

ޒީނާ ވިދާޅުވިއެވެ.

ޒީނާ ވަނީ، މި މައްސަލައާ ގުޅިގެން، އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ މީހަކަށް ފިޔަވަޅު އަޅާނެ ކަމަށާއި، ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ޤާނޫނާއި ޤަވާއިދުގެ ތެެރެއިން ކުރަމުންދާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ކޮމެންޓް
ހަފީޒް
ދޮގު އިލުޒާމު އަޅުވާ މީހެއްގެ ކެރިއަރު ދުއްވާލީ ތިމީހުން މީހަކަށް ކޮންމެ ފަދަ ދެރައެއްވެސް ދީފާނެ.
29 May 2024
އައްޔަ
ކަނޑައެޅިގެން ދޮގު އެހެން ކަންތަކެއް ފޮރުވާ މަތިޖަހަން މީހަކުހަމަ ގަސްތުގަ ބަޔަކު އަންގައިގެން ދުއްވާލީ
29 May 2024
ސަލީމް
މީހެއްގެ މުޅި އުމުރުގަމުރި މަސައްކަތް ދުއްވާލާ ބޮލުގަ ބަދުނާމު އަޅުވާ ބޭރުކުރީ ބައެއްގެ ޖަރީމާ ފޮރުވާ ބޭނުންކަންކަން ބޭނުންގޮތަކަށް ކުރަންވެގެން
29 May 2024
ސަނީޒް
ވަރަށް ބަރާބަރު ވަކިގޮތެއްގަ އުޞޫލެއްގަ ހިފަހައްޓާ މީހެއްތީ ސިޔާސީ ބާރެއްނެތް އާދައިގެ މީހެއްވީމަ ތި ދުއްވާލީ. މިޒަމާނުގަ އެކަކު އެކަނި ނުކުތެވޭނެ ކޮސްނުގޮވާ
29 May 2024
މޯޑް
ދުރާލާ ރާވައިގެން ބޭރުކުރެވޭނެ ކަމެއް ނިފެނިގެން ފުރަތަމަ އެސޮރު ބަދުނާމުކުރީ އަމިއްލައަށް ކެނޑޭތޯ ނުކެނޑުނީ ދެން ކަނޑާލާފަ ޑްރާމާ ކުޅެނީ. އަހަރެމެންވެސް މިއުޅެނީ ތިތާ ތިޖަހާ ހުރިހާ ސަކަރާތެއްފެނޭ
29 May 2024
އައްމަޑޭ
ތިވާނީ ކޮންމެ ގޮތަކަށް ނުގުނޑާނެތީ ބުރުވާލީކަމަށް. މީހަކަށް ދެރައެއްދޭއިރު ކަލޭމެން އެއްޗެއް ހިތަށްނާރަނީތަ؟ ތި ޕީއެސްއެމަކީ ސްޓާފުންނަށް ވަރަށް ދެރަކޮށް ހަދާލާތަނެއް.
29 May 2024
9272
ތިޖޫރީގައި ފައިސާ ބެހއްޓުމަކީ މާލިއްޔަތު ގަވާއިދުގައި މަނާކަމެއްކަން ނޭންގެނިބާ
30 May 2024
ސިޔާމް
ޒީނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ޓީވީއެމް ކެންޓީން ހެދުމަށް އިލާންކުރިގޮތާ ހިލާފަށް ގެންދާތީ އެސްޓީއޯ މެދުވެރިކޮށް 100% އަގުބޮޑުކޮށް އިކުއިޕްމަންޓް ހޯދާތީ
30 May 2024
އަންމަޑޭ
ބާރު އޮތީމަ ކޮންމެ ކަމެއްވެސް ކުރެވިދާނެ. ހޯރަޗުށީ ހަލީލުގެ ޖަރީމާގަ މަތިއަޅަން މީހަކު ތިކަނޑާލީ. ކަލޭމެންކޮށްފާނެ ކޮންމެ ކަމެއްވެސް
30 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.