ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް -- ފޮޓޯ: ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ހަބަރު
02 Jun 2024 | 16:39
ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި

ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ޚާއްސަކޮށް، ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދު ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ކޯހަކީ ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް، ނޫސްވެރިކަމުގެ ދަޢުރު ވިސްނިފައި އޮތުމާއި މިދާއިރާގެ ތަޖުރިބާއަކީ މުހިންމު ކަމެއް ކަމަށް ވާތީ، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ނޫސްވެރިކަމުގެ ތަމްރީނުދިނުމުގެ ކޯހެކެވެ.

މިއަދު ފެށި މި ކޯސް، ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޯހުގައި ޖުމުލަ 24 ގަޑިއިރު ކިޔަވައިދިނުމަށް ނިންމާފައިވާއިރު، ކޯސް ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ، ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންކަމަށް ދިވެހި ބަހާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އެގޮތުން، މި ކޯހުގައި ކިޔަވައިދެއްވާ ހުރިހާބޭފުޅުންނަކީވެސް، ނޫސްވެރިކަމުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ޤައުމީ އިނާމު ހާސިލްކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ކޯހުގައި ކިޔަވައިދެއްވާ  ބޭފުޅުންނާ، ދިވެހި ބަހުގެ ވަޒީރު، އާދަމް ނަސީރު އިބްރާހީމް، އިއްޔެ ވަނީ ބައްދަލުކުރައްވާ، ކޯސް ކުރިއަށްދާނެ ގޮތާއި، ކޯހުގައި ހިމެނޭ ބައިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދު ފެށި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި، ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއުކުރާނެ ގޮތާއި ފީޗަރ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ އަޚްލާޤާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ ޢަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި ފޭކް ނިއުސް ވެސް މި ތަމްރީން ޕްރޮގްރާމްގައި ކިޔައިދޭނެ ކަމަށް ވުޒާރާއިން މައުލޫމާތު ދިނެވެ.

ދިވެހި ޤައުމިއްޔަތު ދިރުވުމުގެ ގޮތުން މި ނޫންވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ދިވެހި ޤައުމިއްޔަތު ދިރުވުމުގެ ކަންކަމާ ގުޅޭ ތިން އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، މި ފެށުނު ދިރާސީ އައު އަހަރު، 11 ސުކޫލެއްގައި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.