މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
03 Jun 2024 | 20:43
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހެޅި ބިލު މާދަމާއަށް އެޖެންޑާކޮށްފި

އިޒްރޭލުން ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ޤާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އިމިގްރޭޝަންގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ތާޥަލުކުރެވިފައިވާއިރު، ބަހުސް މަރުހަލާ އޮންނާނީ ތިން ދުވަސް ފަހުންނެވެ.

އެމްޑީޕީގެ މެންބަރު، މީކާއިލް މި އިސްލާހު ހުށަހަޅާފައިވާއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވެސް ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ސަރުކާރުން ވިސްނަވާފައިވަނީ މީކާއިލް ހުށަހެޅުއްވި ބިލަށް ތާއީދުކޮށްގެން ކުރިއަށް ދިޔުމަށް ކަމެއް ނުވަތަ އާ ބިލެއް ހުށަހަޅައިގެން ކުރިއަށް ދިޔުންކަމެއް އެނގިފައެއް ނުވެ އެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ އިއްޔެއެވެ.

ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިއްޔެ ސަރުކާރުން ނިންމެވުމާއެކު، މި ނިންމެވުން ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށްވެސް އައިސްފައެވެ. އެގޮތުން ބޭރުގެ ބޮޑެތި ނޫސްތަކުންވެސް މި ޚަބަރު ގެނެސްދީފައިވާއިރު، އިޒްރޭލުގެ ވަޒީރަކު ވަނީ ރާއްޖެއަށް އެ ޤައުމުގެ ފަތުރުވެރިން ނައުމަށާއި، ރާއްޖޭގައި އިޒްރޭލު ފަތުރުވެރިން ތިބި ނަމަ، އަވަހަށް ރާއްޖެއިން ފޭބުމަށް ގޮވާލާފައެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި މީގެ ކުރިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މީހުން މުޒާހަރާކޮށްފައި ވެސްވެއެވެ. އަދި އިޒްރޭލު ފަތުރުވެރިއަކު ރަށަށް އެރުމުން، އަނބުރާ ފޮނުވާލައިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.