ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، ޢަލީ ފަޒާދު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސަޢުދުﷲ ޙިލްމީ
ހަބަރު
03 Jun 2024 | 18:00
އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރަކަށް ފަޒާދު، ނައިބަކަށް ސައުދުﷲ

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އިންތިޚާބު ވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ވިހިވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ އިޤްތިޞާދީ ކޮމިޓީގެ މުގައްރިރަކަށް ފަޒާދު އިންތިޚާބުކުރިއިރު، ނައިބު މުގައްރިރަކަށް އިންތިޚާބުކޮށްފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ތިއްބަވަނީ 11 މެމްބަރުންނެވެ. އެ ކޮމިޓީގައި ތިއްބަވާ މެމްބަރުންނަކީ:

1) ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، ޢަލީ ފަޒާދު (މުޤައްރިރު)

2) ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސަޢުދުﷲ ޙިލްމީ (ނައިބު) 

3) މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، އަޙްމަދު ޟަމީރު

4) ހޯރަފުށި ދާއިރާގެ މެންބަރު، ޢަލީ މޫދާ

5) ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

6) ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު

7) ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު

8) ކާށިދޫ ދާއިރާގެ މެންބަރު މުއްތަސިމް އިބްރާހިމް

9) ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

10) ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު

11) މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދު

އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރަކަށް ފަޒާދުގެ ނަން ހުށަހެޅުއްވީ ސައުދުﷲއެވެ. އެ ނަމަށް ތާއީދު ކުރެއްވީ ނިޒާރެވެ. ފަޒާދު މުގައްރިރަކަށް އިންތިޚާބުވީ އެ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

ނައިބު މުގައްރިރަކަށް ސައުދުﷲގެ ނަން ހުށަހެޅުއްވީ ނިޒާރެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ ޟަމީރެވެ.

ނައިބު މުޤައްރަރަކަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން ވެސް ހުށަހަޅުއްވާފައެވެ. އެ ނަން ހުށަހަޅުއްވާ މައުރޫފް ވިދާޅުވީ އެ ހުށަހެޅުން ހުށަހެޅުއްވީ މައިނޯރިޓީކަން އެނގިވަޑައިގެން ކަމަށެވެ. ނަމަވެސް ނާޒިލް މިދިޔަ ދައުރުގައިވެސް އެ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވާފައިވާ ވުމާއެކު، އެ ކޮމިޓީއަށް ނާޒިލް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާކަން މަޢުރޫފު ފާހަގަ ކުރެއްވިއެވެ. ނާޒިލްްގެ ނަމަށް އަމީން ފައިސަލް ވަނީ ތާއީދުކުރައްވާފައެވެ.

ނިމިދިޔަ މަޖިލީހުގައި އިގްތިސޯދީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 14 މެންބަރުން ނަމަވެސް އެ އަދަދު 11 އަށް ބަދަލުކުރަން، ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.