ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
06 Jul 2024
ހިޖްރީ އައު އަހަރުގެ ތަހުނިޔާ އިސްލާމީ އުންމަތަށް ރައީސް ނަޝީދު ކިޔުއްވައިފި
ޙިޖްރީ އައު އަހަރުގެ ތަހުނިޔާ ކިޔަނީ އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދޭ ޙާލު ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
06 Jul 2024
ކޭއެފްސީ މުވައްޒަފުން ނުކުމެ ރަށުތެރެ ސާފުކުރަން ފަށައިފި
މަސްވެރިކަން ދަށްވުމާ ގުޅިގެން މިފްކޯގެ ސައިޓެއް ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގެ މުވައްޒަފުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމާ ގޫޅޭގޮތުން، ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު (އޭއާރުއެމް) ވިދާޅުވީ، ޖުމްލަކޮށް މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމުގައެވެ.
04 Jul 2024
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ހިނގި އެޕާޓްމަންޓަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެ، އެ އެޕާޓްމަންޓްގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
04 Jul 2024
ދެ އަތޮޅު ކައުންސިލަކަށް އެސްޖީން ހޯދަނީ
ދެ އަތޮޅު ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އިޢުލާންކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން އެސްޖީން ހޯދަން އިޢުލާންކޮށްފަިއވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އާއި ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށެވެ.
04 Jul 2024
ފިތުރޯނު ސްމަރޓް ޕާކިންގ ޖާގަ ކުއްޔަށް ދޫކުރަން ހުޅުވާލައިފި
ހުޅުމާލެ ފިތުރޯނު މަގު ފެރީ ޓާނިނަލް ޕާރކް ކައިރީގައި ތަރައްގީކޮށްފައިވާ ފިތުރޯން ސްމާޓް ޕާކިންގް ޒޯންގެ ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.
04 Jul 2024
ބިދޭސީން މަސައްކަތްކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފި
ބިދޭސީން މަސައްކަތްކުރުން މަނާ 25 ދާއިރާއެއް، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
04 Jul 2024
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުން ހުވާކޮށްފި
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުން ހުވާ ކުރީ އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު ހުވާ ކޮށްފައިވަނީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ.
04 Jul 2024
ކަފާލާތުގެ ދަށުން ދޫކޮށްލެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި
ކުށް ސާބިތުވެ ޖަލަށް ޙުކުމްކުރެވޭ ކުށްވެރިންނަށް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން މިނިވަންވުމުގެ ފުރުސަތު ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ.
03 Jul 2024
މި ޖުލައިމަހުގެ 7 ވަނަ ދުވަސް ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ބަންދުވާނެ
ހީނާ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ޖުލައިމަހުގެ 7 ވަނަ ދުވަސް (އަންނަ އާދީއްތަ ދުވަސް) ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.
03 Jul 2024
ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހިރާއްޖޭގައި ބޭއްވުނު ޚާއްޞަ ޓެލެތޯނުން ހޯދުނު 19 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ހަވާލުކޮށްފިއެވެ. ޓެލެތޯނުން ލިބުނު ފައިސާގެ ރަމްޒީ ޗެކު ހަވާލުކުރެއްވީ، މިއަދު ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވުނު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
03 Jul 2024
ރައީސް ޑރ.މުޢިއްޒު ސީއެޗްއެސްއީ އަށް، ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ރައީސް ޑރ.މުޢިއްޒު ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް، ވަޑައިގަތުމުން އެ ސުކޫލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އެގޮތުން ދަރިވަރުން ތިބީ ރައީސް ޑރ.މުއިއްޒު އެ ސްކޫލްގައި ކިޔެވި ދުވަސްވަރުގެ އިންޑެކްސް ނަންބަރާއި ކްލާސް އަދި ނަންފުޅު ޖަހާފައިވާ ބެނާއެއް ތައްޔާރުކޮށް އެ ބެނާ ހިފައިގެންނެވެ. އަދި އެ ބެނާގައި "ވެލްކަމް ބެކް" ނުވަތަ އެނބުރި އައުމުން މަރުހަބާ ދަންނަވާ ކަމަށްވެސް ލިޔެފައި ވެއެވެ.
02 Jul 2024
ޝައިޚް އަބްދުﷲ ސިއްދީގު އެކްސިޑެންޓެއްވެ ފަރުވާ ދެނީ
ޝައިޚް އަބްދުﷲ ސިއްދީގު އެކްސިޑެންޓެއްވެ ފަރުވާ ދޭން ފަށައިފި އެވެ. އައްޑޫ ސިޓީ، މަރަދު އަށް ނިސްބަތްވާ ޝައިޚް ސިއްދީގް އެކްސިޑެންޓްވެފައިވަނީ، މިއަދު މެންދުރު ފަހު، ފޭދޫ އިން މަރަދު އަށް ސައިކަލުގައި ވަވަޑައިގަންވަނިކޮށް މަރަދޫފޭދޫ ބޮޑުމަގުގަ އެވެ.
02 Jul 2024
އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރޭ: ޕީޖީ ޝަމީމް
ދިވެހިރާއްޖޭގައި އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ޝަރީޢަތް ނިމެންދެން މިހާރު ބަންދުގައި ތިބޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ތިބި މީހުންނާއި މީހުން މެރުމުގެ ތުހުމަތުގައި ތިބި މީހުންނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިބި މީހުންގެ އިތުރުން ޓެރަޒިމްގެ ޢަމަަލު ހިންގުމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުން، އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
02 Jul 2024
ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ޚަރަދެއް ނުކުރޭ: ވަޒީރު އާދަމް ޝަރީފް
ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ހަރަދު ނުކުރާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
02 Jul 2024
ޚާރިޖީ ވުޒާރާގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތައް ބަދަލުކޮށްފި
ޚާރިޖީ ވުޒާރާގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތައް ބަދަލުކޮށްފިއެވެ. ޚާރިޖީ ވުޒާރާގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަން ބަދލުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ޖޫން 25 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
02 Jul 2024
ޗަމްޕާ ބްރަދާސްއިން ތިން ރަށަކަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާކޮށްފި
ޗަމްޕާ ބްރަދާސްއިން މިއަދު ތިން ރަށެއްގެ ހޮސްޕިޓަލަށް ބޭނުންވާ ފިޒިއޯތެރަޕީ ސާމާނު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރެވުނީ ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ޅ. ކުރެންދޫއަށެވެ. ޗަމްޕާ ސެންޓްރަލްގައި ބޭއްވުނު ހަފްލާއެއްގައި މި ތަކެތި ހަވާލުކޮށްދެއްވީ ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުޙައްމަދު މޫސާ (އުއްޗު) ގެ ދަރިކަނބަލުން ސާރާ މޫސާއެވެ. މި ސާމާނުތަކާ ހަވާލުވެވަޑައިގަތީ އެ ތިން ރަށުގެ ދާއިރާގެ މަޖިލިސް މެންބަރުންނެވެ.
02 Jul 2024
މިފްކޯއަށް ދޭ ލުއިތައް އަމިއްލަ ކުންފުނިތަކަށްވެސް ދޭންޖެހޭ
މިއަދު މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޤާސިމް ވިދާޅުވީ މިފްކޯއިން ކުލި ނުނަގާނަމަ، އަމިއްލަ ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މިފްކޯއަށް ދެވޭ ސަބްސިޑީ އެހެން ކުންފުނިތަކަށް ވެސް ދޭންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
01 Jul 2024
އައްޑޫގައި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާ ހުއްޓާލައިފި
މިފްކޯއިން ހާމަ ކުރި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ ޖަމާކުރުމުގެ މަސައްކަތް ފަށައިފައިވާއިރު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި ފާއިތުވި 10 ދުވަހު މުޒާހަރާ ކުރަމުން އައި 15 އެއްހާ މަސްދޯންޏަށް ނިސްބަތްވާ މަސްވެރިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށައިފައެވެ.
01 Jul 2024
ޖަލު އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދޭން މަސައްކަތްކޮށްފި
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ޖަލު އޮފިސަރަކަށް ހަމަލާ ދޭން ބަޔަކު މަސައްކަތް ކޮށްފަިއވަނީ ޖޫން 11 ވަނަ ދުވަހުއެވެ. އެގޮތުން، ޕްރިޒަން އޮފިސަރު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އޭނާގެ ފަހަތުން ދެ މީހުން ސައިކަލެއްގައި އައިސް، ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު ކަމަށް ފުލުހުން ބުނެއެވެ.
01 Jul 2024
ދާޚިލީ ވަޒީރު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފި
މާފުށީ ޖަލަށް ޤަވާއިދާ ޚިލާފަށް ވައްދާފައިވާ މަނާ ތަކެތި އަތުލައިގަތުމަށް ކުރިއަށްދާ އޮޕަރޭޝަން ބެއްލެވުމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން މިއަދު ހެނދުނު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.
01 Jul 2024
ރައީސްގެ އާއިލާއިން ސިހުރުގެ މައްސަލައެއް ފުލުހުންނަށް ހުށަނާޅާ!
ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއިން ސިހުރުގެ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާ މެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށްވެސް ހީނާ ބުނެފައިވެއެވެ.
01 Jul 2024
ކުރީ ސަރުކާރުން ކުންފުނިތައް ހިންގި ގޮތުން ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާ
ކުރީ ސަރުކާރުން ކުންފުނިތައް ހިންގި ގޮތުން ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
01 Jul 2024
ފިޗް ރޭޓިންގ ދަށްކުރީ ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ނުކުރުމުން
ފިޗް ރޭޓިންގސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ބުނެފި އެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން އަންނަނީ، ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވަމުންކަން ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.
30 Jun 2024
އިކޮނޮމިކް މިނިސްޓަރ ސަޢީދަށް ޗައިނާ ސަފީރު ތަހުނިޔާ ވިދާޅުވެއްޖެ
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިންގް, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ޒިޔާރާތުގައި ޗައިނާ ސަފީރު ވަނީ އިކޮނޮމިކް މިނިސްޓަރ ސަޢީދު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވާ ތަހުނިޔާ ވިދާޅުވެފައެވެ.
30 Jun 2024
ޚަރަދު ކުޑަކުރުމުގެ ގޮތުން މިއަހަރުގެ ސްޕޯޓްސް އެވޯޑު ޙަފްލާ ފަސްކޮށްފި
މިއަދު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފެށޭ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ޙަފްލާ ފަސްކޮށްފައިވާ ކަމަށެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޙަފްލާ ބޭއްވުމުގެ ތައްޔާރީތައްވެސް ވަމުން ދަނިކޮށް، ޙަފްލާ މި ވަގުތަށް ފަސްކޮށްލަން ނިންމީ، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ޚާއްސަ ފިޔަވަޅުތައް، އެވޯޑް ޙަފްލާއާ ގުޅުންހުރި ފަރާތްތަކާ ޙިއްސާ ކުރުމަށް ފަހުއެވެ.
30 Jun 2024
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން: އެޗްއާރުސީއެމް
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ. އެގޮތުން، ޖަމީލުގެ ހަށިގަނޑު ބަލާ، ފޮޓޯ ނަގާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މަޢުލޫމާތު ސާފުކޮށް، މުޙައްމަދު ޖަމީލްގެ މެޑިކަލް ފައިލްވެސް ބަލާފައިވާކަން އެޗްއާރްސީއެމް އިން ވަނީ ހާމަކޮށްފައެވެ.
30 Jun 2024
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާރުޑީސީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
30 Jun 2024
މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ މާދަމާ ދޫކުރާނެ: މިފްކޯ
މިއަދު މިފްކޯއިން ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން 1 ޖުލައިގައި ދެވިގެންދާނެ ކަމަށެވެ.
30 Jun 2024
މިފްކޯއިން މަސް ގަންނަ އަގު ބަދަލުކުރަން ނިންމައިފި
މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައިމާދަމާއިން ފެށިގެން, މިފްކޯއިން މަސް ގަންނަ އަގު ކޮންމެ ހަފުތާއަކު މުރާޖާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
27 Jun 2024
ލިސްޓު މުރާޖާ ކުރުމަށްފަހު ފްލެޓް ދޭނީ ޙައްގުވެރިންނަށް: ވަޒީރު ހައިދަރު
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތްތަކާއެކުވެސް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން 4000 ފްލެޓުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާކަމަށާއި އެގޮތުން، ގިނަ އިމާރާތާތްކުގެ ކޮންކްރީޓުގެ މަސައްކަތްތައް ނިމިފައިވާއިރު ބައެއް އިމާރާތްތަކުގެ އިތުރު މަސައްކަތްތައްވެސް ނިމިފައިވާ ކަންވެސް ވަޒީރު ހާމަ ކުރެއްވިއެވެ.