ރާޢްޖޭގައި މަސައްކަތް ކުރަމުން ދާ ބިދޭސީންތަކެއް --- ފޮޓޯ: ވޮއިސް
ހަބަރު
04 Jul 2024 | 18:37
ބިދޭސީން މަސައްކަތްކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފި

ބިދޭސީން މަސައްކަތްކުރުން މަނާ 25 ދާއިރާއެއް، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާންގައިވާގޮތުން އާންމުކޮށް ދިވެހިން ކޮށް އުޅޭ އެއްވެސް ވިޔަފާރިއެއް ކުރުމަކީ ބިދޭސީ މަސައްކަތްތެރިންނަށް މަނާ ކަމެކެވެ.

މިގޮތުން ބިދޭސީން ކުރުން މަނާ ވިޔަފާރިކަމަށް ކަނޑައަޅާ އިކޮނޮމިކް މިނިސްޓްރީއިން އިޢުލާން ކޮށްފައިވާ ވިޔަފާރި ތަކަކީ:

1) ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)2

2) ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި

3) ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް

4) ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް

5) ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)

6) ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)

7) އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް

8) ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް

9) ލޭންޑްސްކޭޕިންގ މަސައްކަތް

10) ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް

11) ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން

12) ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް

13) ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް

14) ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް

15) ޤާނޫނީ ވަކީލުންގެ ހިދުމަތްތައް

16) ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް

17) ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން

18) ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން

19) ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން

20) ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން

21) ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން

22) ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)

23) މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް

24) މައިނިންގ އޮފް ސޭންޑް

25) ފޮރެސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ބިދޭސީންނަށް މަސައްކަތްކުރުން މަނާ ވިޔަފާރިތައް ކަނޑައަޅައިފައިވާއިރު، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހައްޔަރުކުރުމުގެ އޮޕަރޭޝަންތަކެއް ކުރަމުންނެވެ.

އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުން ޑިޕޯޓްކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މީގެއިތުރުން، އިއްޔެ ވަނީ ގަވާއިދާ ޚިލާފަށް ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއްވެސް ހައްޔަރުކޮށްފައެވެ.

ކޮމެންޓް
މޯރީ
އިކޮނަމިކު މިނިސްޓް ރީން ނިންމެވި ވަރަށް ރަގަޅު ނިމްމެއް ސުކުރިއްޔާ ރައިސް މުއިޒް އަށް
04 Jul 2024
އަހުމަދު ހަމްދުﷲ ރަޝީދު
ގަވާއިދާ ގާނޫނު ހަދާފަ އެބަހުރި ތިކަންކަން ބަލާ ފިޔަވަޅެއްނޭޅޭތީ ދެރަވަނީ
04 Jul 2024
ާއަހުމަދު
ކީއްވެބާ ގުރޫޕްހަދައިގެން ގެދޮރު މަރާމާތުކުރުން މީގެތެރޭގައި ނުހިމެނީ. މީ އެންމެގިނައިން ބިދޭސީން ކުރާ މަސައްކަތް. އެމީހުން ނުޖެހޭނެ ޖީއެސްޓީ ދައްކާކަށްވެސް.
05 Jul 2024
ީއނވސޓގތވ ޖނލސޓ
އައްޑޫ ސިޓީ މަރަދޫފޭދޫގައި އެންމެ ގިނައީ ތިމީހުނގެ އަމިއްލަ ނަމުގައި ހުންނަ ގާޑިޔާތައް. ޢަމިއްލަ ނަމުގައި ބީއެމްއެލް ބާޒާރު ބުރާންޗުގައި ހުރި އެކައުންޓަށް ފައިސާ ޖަމާވެސްކުރަނީ. ބެލިފައެއްނު މިއޮންނަނީ
05 Jul 2024
ޢަހްމަދު
މިއޮތީވާ ޤައުމެއް ހުރިހާ ކަމެއް ބިދޭސިން ކުރަނީ މިޤައުމުގައި ބިދޭސިން އުޅެނީ މާ ބާރުގެ ވާގޮތް ކިޔާދެމުން ރައްޓެސަކު ބުނީ ކިހިނެއްތޯ ރަނގަޅުވާނީ ސަރުކާރުތައް ހޮވުމައްޓަކާ ބިދޭސީން ގެ އަތުންވެސް ފައިސާވެސް ހޯދާ ހަބަރިލިބެޔޭ.
05 Jul 2024
ބޮޑޭ
ނަން އޮންނަނީ ދިވެއްސެއްގެ. ކަންކުރަނީ ބިދޭސީމީހުން، ދެން އެކަން އިންވެސްޓިގޭޓް ކުރާނީ ކާކު!
05 Jul 2024
މުދިއިޒު
ތަނަފިޒުނުވާ ގޥައިދު. ބޭކާރު ގައުމުދަވާލާފަ ކޮން މަނާކަމެއް
05 Jul 2024
ާއާދަމް ހަންނާދު
މަސްވެރިކަން ވެސް މިހާރު ބަންގާޅުން ވެރިކަން ކުރަން އުޅޭ ކަހަލަ، މިކަމަށް އޮތީ ކޮން ހައްލެއް ތޯ
06 Jul 2024
ކައުންސިލް
ގއ ކޮލަމާފުށީގަ ބިދޭސީން ގުޅަހަދާ ވިއްކާ، ހަވާދު ހަދާ ެއެމީހުން ނުކުރާކަމެއްނެތް. ކުއްޔަށް އުޅޭ ގޭގަ މިހާރު އެވިޔަފާރި ކޮށްގެން އެމީހުންއުޅެނީ ދިވެހިން ގޮތައް ދެރަވަންކަން
07 Jul 2024
ޟަރޔ
ޯސެލޫން އޯކޭ
08 Jul 2024
ދޫނި
އިކޮނަމިކު މިނިސްޓް ރީން ނިންމެވި ވަރަށް ރަގަޅު ނިމްމެއް ޝުކުރިއްޔާ ރައިސް މުއިޒް އަށް🇲🇻
12 Jul 2024
ގުޅޭ ލިޔުންތައް
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭއާއީ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި
ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއާއީ ފުޓުބޯޅަ ފެޑެރޭޝަނުން ޤައުމަށް ދިއުމަށް ހަމަޖައްސައިފައިވި ޗާޓާ ފްލައިޓް ކެންސަލްކޮށް ކުޅުންތެރިންނަށް ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރަން ޖެހުނެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
30 Jun 2026
ވޯލްޑްކަޕާ ގުޅިގެން އީއެމްއެސްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި
ފީފާ ވޯލްޑްކަޕް 2026 އާ ގުޅިގެން މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޚިދުމަތުން 26 ޕަސެންޓް ޑިސްކައުންޓާއި ސްކޯ ޕްރިޑިކްޝަން މުބާރާތެއް ފަށައިފައިވާއިރު މުބާރާތުގައި ނަސީބުވެރިންނަށް ޖާޒީ އަދި ވައުޗަރު ލިބޭނެއ