ޕްރޮސިކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް - ފޮޓޯ: ސަން
ހަބަރު
02 Jul 2024 | 22:22
އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާ: ޕީޖީ ޝަމީމް

ދިވެހިރާއްޖޭގައި އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ މަޢުލޫމާތު ޙިއްޞާކުރެއްވުމުގެ ފުރުޞަތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދިވަޑައިގެންފައިވާތީ އެ ކޮމިޓީއިން ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި އާއްމުގޮތެއްގައި 350 އާއި 400 އާ ދޭތެރޭގެ އަދަދެއްގެ މީހުން އުޅޭކަމަށެވެ.

އަދިއެހެން އެކަން ދިމާވަނީ ކޯޓުތަކުން މައްސަލަ ނުނިމި ދިގުލައިގެން ދާތީކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"އެވްރެޖްކޮށް މަހަކު 16 ވަރަކަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރޭ، ކޯޓަކުން 16 މައްސަލަ ނުއެއް ނިމޭ"

ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ޝަރީޢަތް ނިމެންދެން މިހާރު ބަންދުގައި ތިބޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ތިބި މީހުންނާއި މީހުން މެރުމުގެ ތުހުމަތުގައި ތިބި މީހުންނާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިބި މީހުންގެ އިތުރުން ޓެރަޒިމްގެ ޢަމަަލު ހިންގުމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި މީހުން، އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.

އެ ފަސް ކެޓަގަރީއަށް ފެތޭ މީހުން ފިޔަވާ އެހެން މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ނުތިބޭނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.