މާލީ ވަޒީރު --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Jul 2024 | 09:22
ފިޗް ރޭޓިންގ ދަށްކުރީ ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ނުކުރުމުން: މާލީ ވުޒާރާ

ފިޗް ރޭޓިންގސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ބުނެފި އެވެ.

މާލީ ވުޒާރާއިން މި ފަދައިން ބުނެފައިވަނީ، ދައުލަތުގެ މާލީ ޙާލަތާއި ފިސްކަލް ހިރާސްތަކާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އިޤްތިސާދަކީ ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އިޤްތިސާދު ކަމަށާއި, މިއަހަރާއި މެދު ރާސްތާގައިވެސް ރާއްޖޭގެ އިޤްތިސާދު ހަލުވިކަމާއެކު ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ނަމަވެސް އޭރުވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރުމުން، މާލީ ވުޒާރާއިން 2022 ވަނަ އަހަރާއި، 2023 ވަނަ އަހަރުގެ ތެރޭގައި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓް ފޮތްތަކުގައި ހުށަހަޅާފައިވާކަމަށް ވެސް މާލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން 2022 ވަނަ އަހަރު ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ހެޔޮ ބަދަލުތަކެއް ނަމަވެސް، މިދިޔަ އަހރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށްވެސް، ކޮވިޑް-19 ގެ ޙާލަތުން އަރައިގަނެވުނުއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމަށް، ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކޮށްފައިނުވާކަމަށް މާލީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

މި ކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ޢާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވެފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފް އިން 2022 ވަނަ އަހަރު ނެރުނު ރިޕޯޓްގައިވެސް ފާހަގަކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

"އަދި މިކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައިވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައުގަނޑު ސަބަބުވެސްމެއެވެ."

މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ.

މާލީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މި އަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ޚަރަދުތައް ކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކޮށްފައިވި ނަމަވެސް މިދިޔަ ސަރުކާރު ނިމުނުއިރުވެސް އެކަންކަން ކުރާނެ ގޮތުގެ ތަފްސީލީ އެކްޝަން ޕްލޭނެއް އެކުލަވާލާފައިނުވާކަމަށެވެ.

އެހެންނަމަވެސް އަދުގެ ސަރުކާރުން އަންނަނީ، މި އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވަމުންކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އެ ވުޒާރާއިން ބުރަ މަސައްކަތްތަކެއް ކުރަމުން ދާ މި ދަނޑިވަޅުގައި، ކުރީގެ ވަޒީރު، ދައުލަތުގެ މާލީ ޙާލަތާ މެދު، ޙަޤީގަތް އޮޅޭގޮތަށް އަދި ވުޒާރާ ބަދުނާމު ވާގޮތަށް ވާހަކަދައްކަވާފައިވާތީ ހިތާމަކުރާކަންވެސް ފާހަގަކޮށް، ވުޒާރާއިން ވަނީ މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، އަދި މުސްތަގުބަލާ ގުޅޭ ކަމަކަށްވާތީ އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.