4000 ފްލެޓްގެ ލިސްޓް މުރާޖަޢާކޮށް މިއަހަރު މެދުތެރޭ ނިމޭނެކަމަށް ވަޒީރު ހައިދަރު ވިދާޅުވި -- ފޮޓޯ: ވޮއިސް
27 Jun 2024 | 22:53
ލިސްޓު މުރާޖާ ކުރުމަށްފަހު ފްލެޓް ދޭނީ ޙައްގުވެރިންނަށް: ވަޒީރު ހައިދަރު

ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފުރަތަމަ 4000 ފްލެޓުގެ ލިސްޓު މުރާޖާ ކުރުމަށްފަހު، ފްލެޓް ލިބޭނީ ޙައްގުވެރިންނަށް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތްތަކާއެކުވެސް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން 4000 ފްލެޓުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާކަމަށާއި އެގޮތުން، ގިނަ އިމާރާތާތްކުގެ ކޮންކްރީޓުގެ މަސައްކަތްތައް ނިމިފައިވާއިރު ބައެއް އިމާރާތްތަކުގެ އިތުރު މަސައްކަތްތައްވެސް ނިމިފައިވާ ކަންވެސް ވަޒީރު ހާމަ ކުރެއްވިއެވެ.

ކުރީ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން ފްލެޓުތަކުގެ މަސައްކަތް ކުރިއަށްގެންދާ ސްޕީޑު ހަލުވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ މެދު ތެރޭގައި ހުރިހާ ފްލެޓެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ނެރުނު ފްލެޓް ލިސްޓް މުރާޖާ ކޮށް، ފްލެޓް ލިބޭނީ އޭގެ ޙައްގުވެރިންނަށް ކަމަށެވެ.

"މުރާޖާކޮށް ނިމުނީމަ އިރާދަކުރެއްވިއްޔާ ފްލެޓް ހަވާލުކޮށް ނިންމާނަން. އެނގިވަޑައިގަންނަވާނެ އޭސީސީން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަން އަންގަވާފައި އޮތީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށްގެންގޮސް އިރާދަކުރެއްވިއްޔާ ފްލެޓްގެ ޙައްގުވެރިންނަށް، އަޅުގަނޑު ޔަގީންކަންދެން ތިބޭފުޅުންނަށް ޙައްގުވެރިންނަށް ނޫން ބަޔަކަށް ފްލެޓުތައް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ނުނިންމާނަން"

ވަޒީރު ވިދާޅުވިއެވެ.

މކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓު މުރާޖާ ކުރަން ފަށާފައިވަނީ، ލިސްޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށްފަހު އެ ލިސްޓުގައި މައްސަލަތައް ހުރުމުން ލިސްޓް އަލުން މުރާޖާ ކުރުމަށް އެ އިދާރާއިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ލަފާދެއްވުމުންނެވެ. މި މަސައްކަތް ކުރުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.