މާލޭގައި މަސްވެރިން ކުރި މުޒާހަރާ --- ފޮޓޯ: ވޮއިސް
ހަބަރު
01 Jul 2024 | 21:44
ފައިސާ ދޫކުރަން ފެށުމުން އައްޑޫގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފި

އައްޑޫ ސިޓީގައި މަސްވެރިން ކުރަމުން ގެންދިޔަ މުޒާހަރާ މިއަދު ނިންމާލާއިފިއެވެ.

އައްޑޫގައި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާ ގިނަ ދުވަސްތަކަކަށް ފަހު މިއަދު ނިންމާލާފައިވަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ދޭންޖެހި، ނުދެވި ހުރި ފައިސާ، ދޫކުރަން ފެށުމާ ގުޅިގެންނެވެ. 

މިފްކޯއިން ހާމަ ކުރި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ ޖަމާކުރުމުގެ މަސައްކަތް ފަށައިފައިވާއިރު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި ފާއިތުވި 10 ދުވަހު މުޒާހަރާ ކުރަމުން އައި 15 އެއްހާ މަސްދޯންޏަށް ނިސްބަތްވާ މަސްވެރިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށައިފައެވެ.

މިފްކޯގެ ޚަރަދު ކުޑަކޮށް މާލީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން މިފްކޯއިން އިއްޔެ ވަނީ، މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ނިންމާފައިވާކަންވެސް އިޢުލާން ކޮށްފައެވެ. އެގޮތުން، ދެން މަސް ގަންނާނީ ބައިނަލްއަޤްވާމީ ބާޒާރުގެ އަގަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނެ ޚަރަދުތަކަށް ބަލައި، ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށް މިފްކޯއިން ބުނެފައިވެއެވެ. 

ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ކައިރީގައި މަސްވެރިން މުޒާހަރާ ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވުމާ ގުޅިގެންނެއެވެ. މި މުޒާހަރާގެ ސަބަބުން އެ ކޮމްޕްލެކްސް އިން ކަރަންޓު ކެނޑި، އޮޕަރޭޝަންތައް ހުއްޓުމަކަށްވެސް އައެވެ. 

ސަރުކާރުން މަސްވެރިންގެ ފައިސާ ނުދިނުމާ ގުޅިގެން އައްޑޫގެ އިތުރުން ދ. ކުޑަހުވަދޫގައިވެސް މިދިޔަ ހަފުތާތެރެ ވަނީ މުޒާހަރާ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.