ޗަމްޕާ ބްރަދާސްއިން ތިން ރަށަކަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާކުރުން - - -
ހަބަރު
02 Jul 2024 | 20:18
ޗަމްޕާ ބްރަދާސްއިން ތިން ރަށަކަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާކޮށްފި

ޗަމްޕާ ބްރަދާސްއިން މިއަދު ތިން ރަށެއްގެ ހޮސްޕިޓަލަށް ބޭނުންވާ ފިޒިއޯތެރަޕީ ސާމާނު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކުރެވުނީ ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ޅ. ކުރެންދޫއަށެވެ.

ޗަމްޕާ ސެންޓްރަލްގައި ބޭއްވުނު ހަފްލާއެއްގައި މި ތަކެތި ހަވާލުކޮށްދެއްވީ ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުޙައްމަދު މޫސާ (އުއްޗު) ގެ ދަރިކަނބަލުން ސާރާ މޫސާއެވެ. މި ސާމާނުތަކާ ހަވާލުވެވަޑައިގަތީ އެ ތިން ރަށުގެ ދާއިރާގެ މަޖިލިސް މެންބަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި ފިޒިއޯތެރަޕީ ސާމާނުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި އެ ތަކެތި ހަވާލުކޮށްދެއްވާފައިވާތީ އުއްޗުއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ.

ޗަމްޕާ ބްރަދާސްއިން ތިން ރަށަކަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާކުރުން

ޑރ.ޚަލީލް އިތުރަށް ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއަރައިގެން ދިއުމަކީ އެކަމުގެ އުފާވެރިކަން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ ކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ވަރުގަދަކުރުން ކަންވެސް ޑރ.ޚަލީލް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.