ޤާސިމް އިބްރާހިމް--
ހަބަރު
02 Jul 2024 | 15:45
މިފްކޯއަށް ދޭ ލުއިތައް އަމިއްލަ ކުންފުނިތަކަށްވެސް ދޭންޖެހޭ: ޤާސިމް

މިފްކޯއަށް ދޭ ލުއިތައް އަމިއްލަ ކުންފުނިތަކަށްވެސް ދޭންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޤާސިމް ވިދާޅުވީ މިފްކޯއިން ކުލި ނުނަގާނަމަ، އަމިއްލަ ސެކްޓަރުން ވެސް ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މިފްކޯއަށް ދެވޭ ސަބްސިޑީ އެހެން ކުންފުނިތަކަށް ވެސް ދޭންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތިން ސަރުކާރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ކުންފުނިތައް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެގޮތުން އެމަނިކުފާނުގެ ކުންފުނި ހޮރައިޒަން އިން 250 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްފައިވާއިރު، ސަރުކާރުން ބޭނުންވާ ލޯނު ދީފައިނުވާ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެހެންމެ، މަސްވެރިންނަށް އިންސެންޓިވް ދިނުމަށާއި، ބޭރު ފައިސާ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީގެ ސަރުކާރުން ލޯނާއި އެހީ ދިނީ ވަކި ބަޔަކަށް ކަމަށް ތުހުމަތު ކުރައްވާ، އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމުގެ ދާއިރާގައި ހަމަހަމަކަމާއެކު އެންމެހާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.