ދާޚިލީ ވަޒީރު މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ހަބަރު
01 Jul 2024 | 18:26
މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަން ދާޚިލީ ވަޒީރު ބައްލަވައިލައްވައިފި

މާފުށީ ޖަލަށް ޤަވާއިދާ ޚިލާފަށް ވައްދާފައިވާ މަނާ ތަކެތި އަތުލައިގަތުމަށް ކުރިއަށްދާ އޮޕަރޭޝަން ބެއްލެވުމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން މިއަދު ހެނދުނު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ޤަވާއިދާ ހިލާފަށް މާފުށި ޖަލަށް ވައްދާފައިވާ މަނާ ތަކެތި އަތުލައިގަތުމަށް، ކަރެކްޝަނާއި، ފުލުހުންނާއި އެމްއެންޑީއެފް އިން ގުޅިގެން ކުރިއަށް ގެންދާ އޮޕެރޭޝަން ގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް، ދާޚިލީ ވަޒީރު އަލީ އިޙްސާން މާފުށީ ޖަލަށް ޒިޔާރާތް ކުރައްވާފައިވާ ކަމަށެވެ.

ދާޚިލީ ވަޒީރުގެ މި ޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ޕޮލިސް އަދި ކަރެކްޝަންގެ އިސްކޮށް މަސައްކަތްކުރައްވާ ގިނަ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކީ، ޤަވާއިދާ ޚިލާފަށް ޖަލަށް ވައްދާފައިވާ މަނާ ތަކެތި އަތުލައިގަތުމަށްމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.