އެޗްއާރްސީއެމް ---
ހަބަރު
30 Jun 2024 | 21:31
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން: އެޗްއާރުސީއެމް

ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިނިވަންކަން ގެއްލޭ ގޮތަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއް ނިޔައު ވެއްޖެ ޙާލަތެއްގައި އެކަން ހިނގާދިޔަ ގޮތް ބަލައި، ނިޔައުވި ފަރާތުގެ ހަށިގަނޑު ބެލުމަށް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމު (އާރު.އާރު.ޓީ) ވަގުތުން ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ. 

އެހެންކަމުން، ޝަރީޢަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައި ބަންދުގައި ހުރި މުޙައްމަދު ޖަމީލް، 2024 ޖޫން 28 ވަނަ ދުވަހު ނިޔާވުމާއެކު އެ ކޮމިޝަނުގެ އާރު.އާރު.ޓީއިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އެގޮތުން، ޖަމީލުގެ ހަށިގަނޑު ބަލާ، ފޮޓޯ ނަގާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މަޢުލޫމާތު ސާފުކޮށް، މުޙައްމަދު ޖަމީލްގެ މެޑިކަލް ފައިލްވެސް ބަލާފައިވާކަން އެޗްއާރްސީއެމް އިން ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން، މާފުށީ ޖަލަށް ޒިޔާރަތްކޮށް، މި ހާދިސާގެ ސީ.ސީ.ޓީ.ވީ ފުޓޭޖު ބަލާފައިވާ ކަމަށާއި، ޖަމީލު ހުރި ގޮޅި ބަލާ، ޔުނިޓުގައި ތިބި ބަންދުމީހުންގެ ފަރާތުންނާއި، ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދުމީހުންގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވާނެ ކަމަށްވެސް އެޗްއާރްސީއެމް ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން އިތުރަށް ބުނީ،،މީގެ އިތުރުންވެސް މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރުކަންކަން ކޮމިޝަނުން ބަލަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.