ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު - ފޮޓޯ: އަވަސް
ހަބަރު
01 Jul 2024 | 09:29
ކުރީ ސަރުކާރުން ކުންފުނިތައް ހިންގި ގޮތުން ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާ: މުނައްވަރު

ކުރީ ސަރުކާރުން ކުންފުނިތައް ހިންގި ގޮތުން ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މިދިޔަ ފަސް އަހަރު ކުންފުނިތައް ހިންގާފައި ވަނީ ދަަރަނި އަދާކުރެވޭނެ ގޮތްތައް ނުބަލާ ކަމަށެވެ.

އެގޮތުން، 2018 ވަނަ އަހަރު 2.8 ބިލިއަން ރުފިޔާގައި ހުރި ސްޓެލްކޯގެ ދަރަނި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، 3.8 ބިލިއަން ރުފިޔާ އަރާފައިވާ ކަން މުނައްވަރު ފާހަގަ ކުރެއްވިއެވެ. 

އަދި ހަމަ އެހެންމެ، އައިލެންޑް އޭވިއޭޝަންގެ ދަރަނި ވެސް އެއް ބިލިއަނުން ހަތަރު ބިލިއަން ރުފިޔާ އަށް އިތުރުވި ކަން މުނައްވަރު ވަނީ ފާހަގަކުރައްވާފައެވެ. 

"ޖުމްލަ ދަރަނި 2022 ވަނަ އަހަރު ނިމުނު އިރު 32 ބިލިއަން ރުފިޔާ އަށް އަރާ. އެއީ ސީދާ ލޯނު ދަރަނި. އަދި ޖުމްލަ ދަރަނި އެހެނިހެން ލައިބިލިޓީސް ހިމަނައިގެން 98 ބިލިއަންގައި އެބަ އުޅޭ. އެބަހުރި ފިސްކަލް އިންޑިސިޕްލީންކޮށް ހިންގާފައި ހުރި ކުންފުނިތައް،"

މުނައްވަރު ވިދާޅުވިއެވެ. 

މީގެ އިތުރުން 2018 ވަނަ އަހަރު 1.2 ބިލިއަން ގައި ހުރި ފެނަކައިގެ ޖުމްލަ ދަރަނި، 2023 ވަނަ އަހަރު 4.3 ބިލިއަނަށް އިތުރު ވެފައިވާކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވަނީ، މި ސަރުކާރުން ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ސ.
ބަލަ މިހާރުވެސް ކުންފުނިތައް ހިންގަން އެތިބީ ހަމަ ކުރިންވެސް ތިބިމީހުންނޭ. ދެންކޮންވާހަކައެއް ތިދައްކަނީ. އަދިވެސް ވަޒީފާތަކަށް ނަގަމުތިދަނީ އެމް.ޑީ.ޕީގެ އެކްޓިވިސްޓުން. ނިކަމެތިންތިބީ ނިކަމެތިކޮށްފަ.
01 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.