ޓެލެތޯން އިން ލިބުނު ފައިސާ ޚާރިޖީ ވުޒާރާ އާ ހަވާލުކުރުން - ފޮޓޯ: ޕީއެސްއެމް
ހަބަރު
03 Jul 2024 | 19:09
ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހިރާއްޖޭގައި ބޭއްވުނު ޚާއްޞަ ޓެލެތޯނުން ހޯދުނު 19 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ހަވާލުކޮށްފިއެވެ.

ޓެލެތޯނުން ލިބުނު ފައިސާގެ ރަމްޒީ ޗެކު ހަވާލުކުރެއްވީ، މިއަދު ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވުނު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.

ފާއިތުވި ޖޫން މަހުގެ 12 ވަނަ ދުވަހު، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން، ރާއްޖޭގެ އެހެނިހެން މީޑިއާތަކާވެސް ގުޅިގެން ބޭއްވި ޓެލެތޯނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ، ޓެލެތޯންގެ ހުރިހާ ކަމެއް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިގޮތުން، މިނިވަން އޮޑިޓަރެއްގެ ބެލުމުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ދެއްވި އެހީތެރިކަން ޒީނާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

"ޕީއެސްއެމްއަށް އެ ޓެލެތޯން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ އެހީތެރިކަމާއެކުގައި. ހާއްސަ ގޮތެއްގައި ވީޓީވީ، އަސްލުޓީވީ، ރާއްޖެ ޓީވީ، އެންޓީވީ، ސަންޓީވީ، ދިވެހިޗެނަލް، ޓީވީއެމް، އަދި ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު އަދި އޮންލައިން ނޫސްތަކުންވެސް އެ ޓެލެތޯންގެ މައުލޫމާދު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ވެދިން އެހީތެރިކަމަށާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކުރަން،"

ޒީނާ ވިދާޅުވިއެވެ.

ޓެލެތޯނުން ލިބުނު ފައިސާ މިއަދު ފޮރިން މިނިސްޓްރީއާ ހަވާލު ކުރި އިރު، މި ފައިސާ، ފަލަޞްޠީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ، ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ.

ކޮމެންޓް
ފަރީދާ
ހާދަ ލަހުން
03 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.