ބަންޑާރަ ނައިބު އުޝާމް --
ހަބަރު
13 Jun 2024 | 17:23
2028 ވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުން 213 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައިފި

2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން 213 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. 

މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން 15 މައުލޫއަކާ ގުޅޭގޮތުން 213 ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށެވެ.

އެގޮތުން މުޅިން އަލަށް އުކެލަވާލަންޖެހޭ 78 ގާނޫނަކާ ގުޅޭ ބިލާއި، މިހާރު ޢަމަލު ކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅަން ގަސްތުކުރާ 135 ބިލެއް ހިމެނޭ ކަމަށް ބަންޑާރަ ނަިއބު، ވިދާޅުވިއެވެ.

ފަސް އަހަރު ތެރޭ، ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމަވާފައިވާ ބިލު ތަކުގެ ތެރޭގައި ހިމެނެނީ:

- ދުސްތޫރީ އަދި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލު

- ދައުލަތް ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް 9 ބިލު

- އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމަށް އަމަލު ކުރަމުންދާ ގާނޫނުތައް އިސްލާހު ކުރުމަށް 8 ބިލު

- އިސްލަމްދީނާއި ގައުމިއްޔަތާއި ސަގާފީ ކަންކަމާ ގުޅޭ 8 ބިލު

- ގައުމީ ސަލާމަތާއި ހާރިޖިއްޔާއާ ގުޅޭ 15 ބިލު

- ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅޭ 11 ބިލު

- ބިމާއި މުދަލާއި އުމްރާނީ ތަރައްގީއާ ގުޅޭ 11 ބިލު

- ތިމާވެެށި ރައްކާތެރިކުރުމާ ހަކަތައާ އި އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ 9 ބިލު

- އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާ ގުޅޭ 20 ބިލު

- ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލު

- ފައިސާ އާއި މާލީ ކަންކަމާ ގުޅޭ 22 ބިލު

- ދަތުރުފަތުރާއި މުއާސަލާތީ ކަންކަމާ ގުޅޭ 8 ބިލު

- ތައުލީމާއި މަސައްކަތް ތެރިކަމާ ގުޅޭ 7 ބިލު

- ވިޔަފާރި އާއި އިގްތިސޯދާ ގުޅޭ 22 ބިލު

މީގެ އިތުރުން ޒާމާނާ ނުގުޅޭ އުވާލަންޖެހޭ ނުވަތަ އިސްލާހު ކުރަންޖެހޭ ގާނޫނުތަކާ ގުޅޭ 26 ބިލު ވެސް ވަނީ ހުށަހަޅަން ނިންމާފައެވެ.

ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ ބިލުތައް ހުށަހެލުމަށް ސަރުކާރުގެ ފަރާތުން ވަނީ ލެޖިސްލޭޓިވް އެޖެންޑާއެއް އެކުލަވާލާފައި ކަމަށެވެ. މި އެޖެންޑާ އެކުލަވާލާފައި ވަނީ ސަރުކާރުގެ ވުޒާރާތަކާއި ޝަރުއީ ދާއިރާތަކާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ވަކި އޮފީސްތައް ހިމެނޭ ގޮތަށް ޖުމުލަ 30 ފަރާތެއްގެ ޚިޔާލާއި މަޝްވަރާއާ އެކުގައި ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އެ ގޮތުން ޖުމްލަ 30 ފަރާތެއްގެ މަޝްވަރާ ހޯދާފައިވާ ކަމަށް އުޝާމް ވިދާޅުވިއެެވެ.

މީގެ އިތުރުން ކޮންމެ އަހަރަކު މި ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ބިލުތައް މުރާޖާ ކުރުމަށް ފަހު ބަދަލުތައް ގެންނަން ޖެހޭ ކަމަށް ފެންނަ ނަމަ އެ ބަދަލުތައް ގެންނާނެ ކަމަށްވެސް ބަންޑާރަ ނަިއބު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.