ސެވަން ސްޓާސް ފާމަކިއުޓިކަލް އިން އުފައްދ ބައެއް ބޭސް -- ފޮޓޯ: ސެވަން ސްޓާސް ފާމަކިއުޓިކަލް
ހަބަރު
11 Jun 2024 | 19:51
ތައިލޭންޑުން ބޭސް އެތެރެކުރުމުގައި ސަމާލުވާން އިލްތިމާސް ކޮށްފި

ތައިލޭންޑުން ބޭސް އެތެރެކުރުމުގައި ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނެފައި ވަނީ ތައިލެންޑުގެ ބޭސް އުފައްދާ އަންނަ ކުންފުންޏެއް ކަމަށްވާ 'ސެވަން ސްޓާސް ފާމަކިއުޓިކަލް' އިން ބޭސް އުފެއްދުމަށް ބޭނުންކޮށްފައިވާ ސޯބިޓަލް (އެކްސްޕިއެންޓެއް)ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާ ކަމަށެވެ.

އެހެންކަމުން ތައިލޭންޑުގެ ބޭސްތައް ރެގިއުލޭޓް ކުރާ އޮތޯރިޓީ، 'ތައި އެފްޑީއޭ' އިން އެ ބޭސްތައް ރިކޯލް ކޮށް އެކަން ވަނީ އެ އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފައިކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިއްސާ ކުރި ލިސްޓުގައި ޖުމްލަ 15 ބޭހެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ދޭ ބޭސްތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މިއަދު އެމްއެފްޑީއޭ އިން ބުނީ ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް ކަމަށާއި އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލޭންޑުން ބޭސް އެތެރެކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
ވޯލްޑްކަޕްގެ ޚަބަރުތައް ގެނެސްދިނުމުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުވުމަށް
ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އަޚްލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
01 Jul 2026
ސައުދީއަށް ޖީ20 ތެރެއިން ރައްކާތެރިކަން އެއްވަނަ
ސަޢޫދީ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތައް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިންޑިކޭޓާ ޑޭޓާބޭހުގެ މައްޗަށެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުން ރޭގަނޑު އެކަނި އެ މީހުންގެ އަވައްޓެރި ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކެއެވެ.
01 Jul 2026
އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސް ގަދަ 16 ޓީމްގެ ތެރެއަ
01 Jul 2026
އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭ ގަދަ 16 އަށް
މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ނޯވޭ ހޯދާފައި ވަނީ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނުމެޗް 2-1 ގެނަތީޖާއިން ކާމިޔާބުކޮށްގެންނެވެ
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.