ވައިސް ޗެއާމަން، ބާޓަރ، ރައިށް ޑރ.މުޢިއްޒުއާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Jun 2024 | 23:12
ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް އެއްބާރުލުން ދޭނެ: ވައިސް ޗެއާމަން، ބާޓަރ

ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް އެއްބާރުލުން ދޭނެކަމަށް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ ވިދާޅުވެއްޖެއެވެ. 

ވައިސް ޗެއަރމަން، ބާޓަރ މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރާތުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗެއާމަން، ބާޓަރ، ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުން ފާހަގަކުރައްވާ، ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤްލާލަށް އިޙްތިރާމްކޮށް، އެއްބާރުލުން ދީ، ދެޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއެކު، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަދި 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަން ބާޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ބާޓަރ ވަނީ، ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވައި، ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.