ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް -- ފޮޓޯ: ވޮއިސް
ހަބަރު
13 Jun 2024 | 20:29
ޖޭއެސްސީ ބިލު ދެން ހުށަހަޅާނީ މަޝްވަރާކޮށްފައި - ބަންޑާރަ ނައިބު

ޖޭއެސްސީ ބިލު ދެން ހުށަހަޅާނީ އެކަށީގެންވާ މިންވަރަށް މަޝްވަރާ ކޮށްފައި ކަމަށް، ބަންޑާރަ ނައިބު، އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުޝާމު ވިދާޅުވީ، ކުރީ ސަރުކާރުން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި ބިލުގައި ޖޭއެސްސީ އެކުލަވައިލަން ހުށަހަޅާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އެގޮތުން ކުރީ ސަރުކާރުން ހުށަހެޅި ބިލުގައި އޮތް ގޮތް ކަމުނުދާތީ އެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން އިތުރަށް ދިރާސާކުރަމުން ދާކަމަށް އުޝާމް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މިދިޔަ ސަރުކާރުގަ އެއިރު އެ ބިލު ހުށަހެޅި އިރުގަ އެކަށީގެންވާ މިންވަރަކަށް މަޝްވަރާ ކޮށްގެން އެކަން ކުރައްވާފަ ވާކަމަކަށް. އެ ޝަކުވާ އަޅުގަނޑަށް، އަޅުގަނޑު މި މަޤާމާ ހަވާޅުވިތާ ކުރީކޮޅު ވެސް ލިބުނު"

އުޝާމް ވިދާޅުވިއެވެ.

ކުރިން ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހެޅި ބިލު ހުށަހަޅާފައިވަނީ އެކަށީގެންވާ މިންވަރަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ޤަބޫލުފުޅު ނުކުރެވޭކަން ފާހަގަ ކުރައްވާ އުޝާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ބޭނުންވަނީ އެކަށީގެންވާ ވަރަށް މަޝްވަރާ ކުރުމަށްފަހު، އެންމެ ރަނގަޅު ހައްލެއް އެކަމަށް ގެނެވޭނެ ގޮތަކަށް ބިލު އެކުލަވާލުމަށްފަހު މަޖިލީހަށް ހުށަހަޅަން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.