19 ވަނަ މަޖިލީހުން ރުހުން ނުދެއްވި 3 ވަޒީރުން
ހަބަރު
05 Jun 2024 | 22:47
19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް، އައު މަޖިލީހުން ރުހުން ދީފި

19 ވަނަ މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުންނަށް، ވިހި ވަނަ މަޖިލީހުގެ ކޮމިޓީއިން ރުހުން ދެއްވައިފިއެވެ. 

މިރޭ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ. 

19 ވަނަ މަޖިލީހުން ރުހުން ދީފައި ނުވަނީ، ބަންޑާރަ ނާއިބު އަހްމަދު އުޝާމާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރަށެވެ. 

ވަޒީރުންނަށް ރުހުން ދިނުމަށް 19 ވަނަ މަޖިލީހުގައި ނެގި ވޯޓުގައި، ބަންޑާރަ ނާއިބުކަމަށް އުޝާމް އައްޔަނު ކުރަން ރުހުންދީ، ވޯޓު ދެއްވާފައިވަނީ 24 މެންބަރުންނެވެ. އަދި ވޯޓޫގައި ބައިވެރިވެލެއްވި 44 މެންބަރުންވަނީ ރުހުން ނުދޭން ވޯޓުލައިފައެވެ.

އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. ޝަހީމް އައްޔަނުކުރަން، ރުހުން ދޭން 30 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިނެވެ.

ހައިދަރަށް ހައުސިން މިނިސްޓަރުކަން ދޭން ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މަޖިލީހުން ރުހުން ނުދެއްވި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަޤާމުތަކަށް އަލުން އެ ބޭފުޅުން އައްޔަން ކުރައްވާފައެވެ.

ކޮމެންޓް
ޙަސަނާ
އައު މަޖިލީހުން ރުހުން ދީފިއޭ ސުރުޚީގައި އޮތްއިރު، ކޮމިޓީން ރުހުން ދިނުމަކީ މަޖިލީހުން ރުހުން ދިނުމެއް ނޫން. ކުރީގެ މަޖިިލިސްގައިވެސް ކޮމިޓީން އެ 3 ވަޒީރުންނަށް ރުހުން ދިން. މަޖިލީހުގެ ތަޅުމުން ރުހުން ނުދިނީ.
06 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.