ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ތަކެއް - ފޮޓޯ: ވޮއިސް
ހަބަރު
04 Jun 2024 | 22:19
ފީ ނުދައްކާ ދިހަހާހަށްވުރެ ގިނަ ފަރާތްތަކުގެ ނަންމަތީ ލައްކައަކަށްވުރެ ގިނަ ބިދޭސީން!

ފީ ނުދައްކާ ދިހަހާހަށްވުރެ ގިނަ ފަރާތްތަކުގެ ނަންމަތީ ލައްކައަކަށްވުރެ ގިނަ ބިދޭސީން އެބަ ތިބިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާއިން މިއަދު ހާމަ ކުރެއްވިގޮތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ނުދައްކާ 10،619 ވަޒީފާ ދޭ ފަރާތް އެބަ ތިއްބެވެ. އަދި އެ ފަރާތް ތަކުގެ ނަންމަތީ ރަޖިސްޓްރީ ކުރެވިފައި 102،807 ބިދޭސީ މަސައްކަތް ތެރިން އެބަ ތިބި ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. 

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވިގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1،765،704،400 ރުފިޔާ، ވަޒީފާ ދޭ ފަރާތްތަކުން ދަޢުލަތަށް ނުދައްކާ އެބަ ހުއްޓެވެ.

މި ފީތަކާއި ޖޫރިމަނާގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ، ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ނަން ޢާންމުކުރާނެ ކަމަށާއި، ސަސްޕެންޑުކުރާނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. 

ޤަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައި ވާއިރު، ސަރުކާޜުން ދަނީ މި މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން "އޮޕެރޭޝަން ކުރަނގި" ގެ ނަމުގައި، ބޮޑު އޮޕެރޭޝަނެއް ފަށާ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޮއާއި އިނގިލީގެ ނިޝާން ނަގަން ފަށާފައިވާއިރު، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުމުގައި ޢަމަލުކުރުމަށް މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިއަދު ކުރެއްވި އިޢުލާނެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ޞުންބުލާ
ތިވާކަ ނުދައްކާ މިފަހަރު ކިތައް ބަނގުލަދަެސް މީހުން ކޮރަޕްޝަން ގެ ތެރޭން ގެނެަްފައިވޭތޯ ؟ ހަމަ ސަރުކާރުގެ އިހުމާލެއް ގެ ވާހަކަ ނުދައްކަނީ ކީއްވެބާ!!
05 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.