ހައުސިން މިނިސްޓްރީއިން މޯލްޑިވިސް އިސްލާމިކް ބޭންކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން --- ފޮޓޯ: ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާ
ހަބަރު
09 Jun 2024 | 22:01
ހިޔާ ފައިނޭންސިންގައި އިސްލާމިކް ބޭންކުން ބައިވެރިވުމަކީ ލޯން ދޫކުރުމަށް ލިބޭ ބާރެއް: ޑރ.ޙައިދަރު

ހިޔާ ފައިނޭންސިންގައި އިސްލާމިކް ބޭންކުން ބައިވެރިވުމަކީ ލޯން ދޫކުރުމަށް ލިބޭ ބާރެއްކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އިން، ބައިވެރިވާކަމާމެދު އުފާކުރައްވާ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ސީއީއޯ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ބޮޑު ޚިދުމަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ފަޚުރުވެރިވާކަމެއް ކަމަށާއި، ރައްޔިތުންނަށް ފަސޭހައިން މި ލޯނުތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި ހިޔާ ފައިނޭންސިންގެ ދަށުން ލޯނު ފޯރުކޮށްދިނުމުގައި އިސްލާމިކް ބޭންކުން، މަސައްކަތްކުރާނީ އެސްޑީއެފްސީއާއެކުއެވެ.

5 އިންސައްތައަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތަކުން ދައްކާ ޚަލާސްކުރެވޭނެ ފަދަ ލޯނެއް ތަޢާރަފްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ. އަފި ގެދޮރުވެރިކަން ކަށަވަރުކުރުމަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ހަމަޖެހިގެން ދިޔުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ރައްޔިތުންނަށް ދެވޭ ބާރެއްކަމަށްވެސް ސަރުކާރުން ދެކެއެވެ.

ސަރުކާރުގެ ހިޔާ ފައިނޭންސިން ސްކީމްގެ ދަށުން ދެކެޓަގަރީއަކުން ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސަރަޙައްދާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އަރބަން ސެންޓަރުތަކަށް ޚާއްސަކޮށްގެން ދޫކުރާ ލޯންގެ އިތުރުން އެނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމްގެ ކެޓަގަރީއެވެ. މީގެ ދަށުން މާލެ ސަރަޙައްދާއި އަރބަން ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 މިލިއަން ރުފިޔާއާއި ހަމައަށެވެ. އަދި އެނޫން ސަރަޙައްދުތަކަށް 1 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު މިދެ ކެޓަގަރީއިންވެސް ލޯން ދައްކާ ޚަލާސްކުރަންޖެހޭ މުއްދަތަކީ 25 އަހަރަށް ބަހާލައިގެންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.