ސުޕްރީމް ކޯޓު
ހަބަރު
11 Jul 2024 | 15:42
މަންމަ މަޢާފުދިނުމުން، ޤާތިލު މަރުގެ އަދަބުން ސަލާމަތްވެއްޖެ

2013 ވަނަ އަހަރު، މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި، މއ. އައިޝާ، ހުސައިން ވަހީދުގެ މަރުގެ މައްސަލައިގައި، މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައިވާ ކުއްޖާއަށް، ހުސައިންގެ މަންމަ މަޢާފް ދިނުމުން އެ ކުއްޖާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.

ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް 2015 ވަނަ އަހަރު، ޖުވެނައިލް ކޯޓުން ހުކުމްކުރި އެވެ. މި ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން، އޭގެ ތެރެއިން އެއް ކުއްޖަކު ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައިވަނީ، މައްސަލަ ކޯޓުގައި ވަނިކޮށް، 2022 ވަނަ އަހަރު ހުސައިން ވަހީދުގެ މަންމަ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާ، މަޢާފް ދޭން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އިސްލާމީ ޝަރީއަތުގެ ދަށުން އެންމެ ވާރިސަކު މައާފް ދިން ނަމަވެސް ޤާތިލަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ، އެ ކުއްޖާގެ މައްޗަށް ކަނޑައެޅި މަރުގެ އަދަބު ބާތިލްކުރީ ކަމަށާއި އަދި އެ ކުއްޖާގެ މައްޗަށް ޤާނޫނީ ގޮތުން ދެން ކަނޑައެޅޭނެ އަދަބަކާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަމަށެވެ.

މި ޙުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ހުސައިން ވަހީދު މަރުވެފައި ވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓާ، އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހަރާލުމުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.