އެމްއޭސީއެލް ގެ އެމްޑީ ޝަރީފް --
ހަބަރު
15 Jul 2024 | 22:13
އަލަށް ޤާއިމުކުރި ޗެކްޕޯސްޓްތަކަކީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ލިބުނު ބޮޑު ބާރެއް: އެމްއޭސީއެލްގެ އެމްޑީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކުރި  ޗެކްޕޯސްޓުތަކަކަކީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ލިބުނު ބޮޑު ބާރެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ސެކިއުރިޓީ ޗެކް ޕޯސްޓެއް މިއަދު ހުޅުވާފއިވާއިރު، މި ޗެެކުޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ ޤާއިމު ކުރެވުނު ޗެކް ޕޯސްޓް ތަކަކީ ޒަމާނީ ޗެކް ޕޯސްޓް ތަކެއް ކަމަށާއި އެއާޕޯޓްގެ ސަލާމަތާއި ކައްކާތެރިކަމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

އެގޮތުން ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހިފެހެއްޓުމަށްޓަކައި މި ދެ ޗެކްޕޯސްޓުގެ ސަބަބުން ކަސްޓަމްސްއަށް ވަރަށް ބޮޑު ލުުޔެއް ލިބިގެންދާނެ ކަމަށާއި މީގެ ފަހުން އެއާ ސައިޑުން ނުކުންނަ އަދި ވަންނަ ފަރާތްތަށް ކަސްޓަމްސްއިން ވަރަށް ރަނގަޅަށް ބަލާ ފާސް ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެއަރ ސައިޑުން ލޭންޑްސައިޑަށް ނުކުންނަ ހުރިހާ މީހުން ދެން މީގެ ފަހުން ވަރަށް ރަނގަޅަށް ޗެކް ކުރެވިގެން، އެ ގެންނަ އެއްޗެހި ޗެކް ކޮށް ސްކޭން ކުރެވި ކަސްޓަމްސް އިން ބައްލަވާނެ ވަރަކަށް ބައްލަވާ މިކަން ކުރުމުގެ ފުރުސަތަ މި ފަހިވެގެން ދިޔައީ"

އެމްޑީ ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ، އިތުރު ސްކޭން މެޝިންތަކާއި އަދި ބެގެޖް ހޭންޑަލް ކުރާ ސިސްޓަމެއްވެސް ވަރަށް އަވަހަށް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭވިއޭޝަން ސެކިއުރިޓީ ވަރުގަދަވެ، ލަގެޖްތައް ރަނގަޅަށް ހަރުދަނާ ކަމާ އެކު ބެލިގެންދާނެ ކަމަށް ވެސް ވަނީ ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް