ވަޒީރު ފައިސަލް (މ) -- ފޮޓޯ: ވޮއިސް
ހަބަރު
11 Jul 2024 | 22:53
ވަރަށް އަވަހަށް ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފެށޭނެ: ފައިސަލް

ވަރަށް އަވަހަށް ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފެށޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ޖަލްސާޢެއްގައި ވާހަކަދައްކަވަމުން، ފައިސަލް ވިދާޅުވީ, އައްޑޫގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބޮޑު ތަސައްވުރެއް ކަމަށާއި އެކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ސިނާޢަތެއް ކަމަށެވެ. 

ފައިސަލް ވިދާޅުވީ ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އެއާލައިންތަކާ ބައްދަލުކޮށް ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން އެދިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑުއަށް ސީދާ ދަތުރުތައް ފެށޭނެކަމަށާއި، ޕްލޭނަކީ އައްޑޫގައި ސީޕްލޭން ޓާމިނަލެއް ޤާއިމުކޮށް, ސީދާ ދަތުރުތައް ފަށައި, ފަތުރުވެރިކަން މުޅި ދެކުނަށް ޑައިވަރޓު ކުރުންކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެންމެ ބޮޑު ކަމަކީ ޝަންގްރިއްލާގެ އޮޕަރޭޝަން ފެށުން ކަން ފާހަގަ ކުރައްވާ، ފައިސަލް ވިދާޅުވީ އެ ކަން އެއް އަހަރު ތެރޭ ކޮށްދެއްވާނެކަމަށް ރައީސް ޑރ.މުޢިއްޒު ކެމްޕޭން ވައުދުވެވަޑައިގެންކަމަށެވެ.

އެހެންކަމުން އެ ވަޢުދުފުޅު ފުއްދެއްވުމަށްޓަކައި، މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި ޝަންގްރިއްލާގެ މެނޭޖްމަންޓާވެސް ބައްދަލުކުރެވިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރުމަށް ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާނަމަ އެކަން ވެސް ކުރައްވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ޙަސަނާބެ
ޝަންގްރިއްލާ ނުހުޅުވި އޮތީ ހުޅިވާށޭ ބުނާނެބަޔަކު ނެތިގެނެއްނޫން.
12 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.