މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް - ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2024 | 17:53
އެފްއޭއޯ ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ވަޒީރު ޝިޔާމް ބައިވެރިވެވަޑައިގަންނަވައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު، އަޙްމަދު ޝިޔާމް ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިގު ތާރީޚާއި ދިވެހި މަސްވެރިކަމުގެ ތަރިކައިގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބު ކަން ފާހަގަ ކުރައްވާ، މި ސިނާޢަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާއިރު، އެ ސިނާއަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ރާއްޖެ ފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މަސްވެރި ސިނާޢަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށްވެސް ވަޒީރުވަނީ އަލިއަޅުއްވާލައްވާފައެވެ. 

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.

މިބައްދަލުވުމުގައި ވަޒީރު ވަނީ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައި އެކަމާއިގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެގޮތުން ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާގެ އެހީތެރިކަމާއިއެކު 1980ގެ ކުރީކޮޅު ފެށި ކަނދުފަތީގެ މަޝްރޫޢު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މިގޮތުން ކަނދުފަތި ކަނޑައިގެންދާ މިންވަރު މަދުކުރުމާއި ސައިންޓިފިކް މަޢުލޫމާތު އިތުރުކުރެވޭނެ ގޮތްތަކާއި މަސްއައިނު ދިގުމުއްދަތަކަށް ބެހެއްޓޭނެ ގޮތްތައް ބަލައި ކަނދުފަތީގެ ޑިޒައިންއަށް ބަދަލުތަކެއް ގެންނަންޖެހޭ ނަމަ އެބަދަލުތައް ގެނައުމަށްވެސް ވަނީ އެއްބަސްވެފައެވެ. މިއީ ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މީގެ އިތުރުން މިނިސްޓްރީގެ މެންޑޭޓަށް ގެނެވުނު ބަދަލާއިއެކު އޯޝަން ރިސޯސަސް ގާނޫނެއް ޑްރާފްޓްކުރުމަށް ބޭނުންވާ ތަޖްރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަ ކުރައްވާފައެވެ. އެ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި، މިކަމަކީ މަސްވެރިކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކުން ފުރިހަމަ ނަފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ގެންދިއުމަށް މުހިއްމު ގާނޫނަކަށް ވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ، މެރިކަލްޗަރ، ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ ނައިބު ރައީސް އަރިހަށް ކުރެއްވި ޒިޔާރަތުގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިން ސައްތަ އިޔާދަކުރެނެވި ހަކަތައިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިއާއިއެކު ވަޒީރު ޝިޔާމް ވަނީ އިޓަލީގެ ޤާނޫނު ހަދާ މަޖިލިހުގެ މަތިގެ (ސެނެޓު)ގެ ނައިބު ރައީސް ގިއަންމަރކޯ ކެންޓަނިއޯ އާއި ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާގައި މަސްވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން, ސްޕޯރޓްސް ފިޝިންގް މެރީނާ ގާޢިމުކުރުމާއި މެރިކަލްޗަރ ސިނާޢަތުގައި ހުރި ފުރުޞަތުތައް ފާހަގަކުރައްވާ، ޔޫރަޕަށް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކަޑާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އިޓަލީގެ އެހީތެރިކަމަށްވެސް ވަނީ އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.