ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައިއެޗީވާރސް ސްކޮލަރޝިޕް ކާމިޔާބުކުރި ދަރިވަރުންނަށް އެ ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ޙަފްލާ - ފޮޓޯ: ވޮއިސް
ހަބަރު
18 Jul 2024 | 22:57
ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ޙާޞިލްކޮށްފި

މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެންމެ މަތިން ފާސް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް މިއަހަރު 19 ދަރިވަރަކު ޙާޞިލްކޮށްފިއެވެ. 

ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށާއި، ހައި އެޗީވާރސް ސްކޮލަރޝިޕްގެ ފުރުޞަތު ހޯދި 117 ދަރިވަރުންނަށް އެކަމުގެ ލިޔުން މިރޭ ވަނީ ޙަވާލުކޮށްފައެވެ.

މިލިޔުން ހަވާލުކޮށްފައިވާނީ އެކަމަށްޓަކައި، މިރޭ (18 ޖުލައި 2024، ބުރާސްފަތި ދުވަހުގެރޭ) 20:45 ގައި ބޭއްވި ހަފުލާއެއްގައެވެ.  ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ޖަލްސާކުރާމާލަމްގައެވެ. ހަފުލާ ޝަރަފްވެރިކޮއްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުންނާއި، ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަކީ، ރާއްޖޭގެ ސްކޫލުތަކުން މަތީސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެތެރެއިން އެ އިމްތިޙާނުތަކުގެ "އިސްލާމް" އާއި "ދިވެހި" ހިމެނޭގޮތަށް، 5 މާއްދާއަކުން "އޭ ސްޓާރ" ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕެކެވެ. ހައިއެޗީވާރސް ސްކޮލަރޝިޕް ލިބެނީ އެ އިމްތިޙާންތަކުގެ"އިސްލާމް" އާއި "ދިވެހި" ހިމަނައިގެން 5 މާއްދާއަކުން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެން މަތީ ގްރޭޑެއް ކާމިޔާބުކުރާ ދަރިވަރުންނަށެވެ.

މި ދިޔަ 2023 ވަނައަހަރު 136 ދަރިވަރަކުވަނީ މި ސްކޮލަރޝިޕްތައް ކާމިޔާބުކޮށްފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ ސްކޮލަރޝިޕުގެ ފުރުޞަތު ކާމިޔާބުކުރި 19 ދަރިވަރަކާއި، ހައި އެޗީވާރސް ސްކޮލަރޝިޕްގެ ފުރުޞަތު ހޯދި 117 ދަރިވަރުންނެވެ. މިއިން ކޮންމެ ސްކޮލަރޝިޕެއް ކާމިޔާބުކުރާ ކޮންމެ ދަރިވަރަކަށް، ދުނިޔޭގެ ނިސްބަތުން މަތީފެންވަރުގެ ޔުނިވާރސިޓީއަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ހަމަޖައްސައިދެއެވެ. މިއީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ދޭ އެންމެ ޝަރަފުވެރި ސްކޮލަރޝިޕްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.