ދިވެހި ރައްޔިތުންގެ މަޖިލިސް - ފޮޓޯ: ވޮއިސް
ހަބަރު
17 Jul 2024 | 22:38
މަޖިލިސް މެމްބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީ ނުދިނުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެބޭފުޅުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ޚިދުމަތްދޭން ކޮމެޓީން ފާސްކުރުމަށްފަހު އަނެއްކާ ވެސް އެ އުސޫލު ބޭރުކޮށް, ވީއައިޕީ ނުދިނުމަށް ފާސްކޮށްފިއެވެ.

ސަރުކާރު މެންބަރުންގެ އަޣުލަބިއްޔަތުން, މެންބަރުންނާއެކު ފުރާ ހުރިހާ އެންމެނަކަށް ވީއައިޕީ ލައުންޖުން ޚިދުމަތްދޭ ގޮތަށް ފާސްކޮށްފައިވަނީ، ބުދަ ދުވަހު މެންދުރު ބޭއްވި މަޖިލީހުގެ 7 ވަނަ އާންމު ކޮމިޓީގެ ބައްދަލުވުމުގައެވެ. 

ނަމަވެސް ބުދަ ދުވަހުގެ ރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި އުސޫލު ވަނީ ބޭރުކޮށްލާފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ ކުރިން ނިންމި ނިންމުން މުރާޖައާކޮށް މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އެކަނި އެ ޚިދުމަތް ލިބޭގޮތަށް ބޭއްވުމަށް ނިންމާފައެވެ.

މެންބަރުންނާއެކު ފުރާ ހުރިހާ އެންމެނަކަށް ވީއައިޕީ ލައުންޖުން ޚިދުމަތްދޭ ގޮތަށް ފުރަތަމަ ފާސްކުރުމާއި ގުޅިގެން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ މި ނިންމުމުގައި އެމްޑީޕީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، މިނިންމުން ނިންމާފައިވަނީ އެމްޑީޕީގެ ތާއީދާއި ވޯޓާ ނުލައި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކުރަންހެޔޮވާވަރުގެ ކަމެއްނޫންކަމަށް ވިދާޅުވެ މެންބަރު ފައިސަލް ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.

މެންބަރުންގެ އިތުރުން އެހެން ބޭފުޅުންނަށްވެސް ވީއައިޕީ ލައުންޖުން ޚިދުމަތް ދިނުމަށް ކުރިންވެސް މަޖިލީހަށް ހުށަހެޅުމުން މި ހުށަހެޚުމާމެދު ވަރަށް ގިނަ ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2021 ގެ ސެޕްޓެންބަރު މަހު، މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް އިތުރުން އިތުރު ދެ މީހަކަށް ވީއައިޕީ ލައުންޖުގެ ޚިދުމަތް ދިނުމަށް ނިންމާފައިވީ ނަމަވެސް، އާންމުންގެ ފާޑުކިޔުމާ ގުޅިގެން ނިންމީ، އެ ނިންމުން މުރާޖަޢާކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.