އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު --
ހަބަރު
16 Jul 2024 | 22:20
އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޙަފްލާއެއް ބާއްވާނަން: ޑރ. ޝަހީމް

އަންނަ އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޚާއްޞަ ޙަފްލާއެއް ބާއްވާނެކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވުމަށް ޤައުމީ ފެންވަރުގެ ޙަފްލާއެއް ބާއްވާނެ ކަމަށެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، މިހާތަނަށް ހާފިޒުންނަށް ޚާއްޞަ އެވޯޑު ދެމުން އައީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިންކަން ފާހަގަ ކުރައްވާ، މިގޮތަށް ދެ ހަރަކާތް އެއްކޮށް ގެންދާތީ އެއްވެސް ހަރަކާތަކަށް ޙައްޤު ޤަދަރު ނުދެވޭ ކަމަށް ވިދާޅުވަމުންނެވެ. 

މީގެ އިތުރުން މިރޭގެ ޖަލްސާގައި، ޑރ.ޝަހީމް ވަނީ ކުރިއާ އަޅާބަލާއިރު މިހާރު ރާއްޖެއިން، ޤުރްއާން ހިތުދަސްކުރާ މީހުންގެ އަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރައްވާފައެވެ.

"އެވޯޑު ދޭން ފެށީ އޭރު ކޮންމެ އަހަރަކު ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުން މަދުވުމުން. އަހަރަކު އެކެއް ނޫނީ ދެ މީހަކު މި ދަސްކުރަނީ. އެކަމަކު މިހާރު އެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،"

ޑރ.ޝަހީމް ވިދާޅުވިއެވެ.

އެގޮތުން ހަަމައެކަނި މި އަހަރުވެސް 32 މީހުން ޤުރުއާން ހިތުދަސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން "ރަން ތާޖު" ހާސިލުކުރާ ކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވަނީ ރީތިކޮށް ޤުރްއާން ކިޔަވާ ޖީލެއް އުފެއްދުމާއެކު، އެއަށް ޢަމަލުކުރާ ކުދިންތަކެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.