ވަޒީރު ޑރ.މާރިޔާ - ފޮޓޯ: ވޮއިސް
ހަބަރު
18 Jul 2024 | 21:52
ދަރިވަރުންނަށް ލިބޭ ޢިލްމާއި ހުނަރަކީ ޤައުމީ ވުނަދާނައެއް: ވަޒީރު ޑރ.މާރިޔާ

ދަރިވަރުންނަށް ލިބޭ ޢިލްމާއި ހުނަރަކީ ހަމައެކަނި އެ ދަރިވަރުންގެ މުސްތަޤްބަލް ބައްޓަންކޮށްދޭ އެއްޗެއް ނޫން ކަމަށާއި، އެއީ ޤައުމީ ވުނަދާނައެއް ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރި ކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ދަރިވަރުންނަށް ލިބޭ ޢިލްމާއި ހުނަރާއި ތަޖުރިބާތަކަކީ ޤައުމީ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ދަރިވަރުންގެ ދައުރު ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ދަރިވަރުންނަށް އިލްތިމާސް ކުރެއްވީ އެ ކުދިން ކިޔަވަން އިޚްތިޔާރުކުރާ ދާއިރާއަކީ ޤައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށެވެ.

"މި ޤައުމުގެ އެދި ގޮވަނީ ތިޔަ ދަރިވަރުންގެ ޚިދުމަތަށް. ކިޔަވައި ނިމިގެން އައިސް ޤައުމަށް ޚިދުމަތްކުރުމަކީ ތިޔައިން ކޮންމެ ކުއްޖެއްގެ ވެސް އަޒުމުކަމުގައި ކަނޑައެޅުމަށް ގޮވާލަން،" 

ވަޒީރު ވިދާޅުވިއެވެ. ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ބޭރު ޤައުމެއްގައި އުޅޭއިރު ކޮންމެ ކުއްޖަކީ ވެސް ރާއްޖޭގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުމަށް އިލްތިމާސް ކުރައްވާ، މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ދެމިތިބުމަކީ އެންމެ އިސް ވާޖިބުކަމުގައި ހަދަންވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.