"ޕަޗަސް" ކެމްްޕެއިން އިފްތިތާޙު ކުރުން - ފޮޓޯ: އޭސީސީ
ހަބަރު
22 Jul 2024 | 21:58
ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް "ޕަޗަސް" ކެމްޕެއިން އިފްތިތާޙުކޮށްފި

ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް "ޕްރޮމޯޓިން އެންޓި-ކޮރަޕްޝަން، އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯރޓސް" (ޕަޗަސް) ގެ ނަމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކެމްޕެއިނެއް އިފްތިތާޙުކޮށްފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުޅިވަރުގެ ދާއިރާ ކޮރަޕްޝަނުން ސަލާމަތްކުރުމާއި، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި ހިންގާ މި ކެމްޕޭން އިފްތިތާޙުކޮށް ދެއްވީ 22 ޖުލައި 2024 ގައި މިކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ރާފިޢުއެވެ.

މި ކެމްޕޭނުގައި ހިމެނޭ މައިގަނޑުކަންކަމަކީ؛

- ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަން ދިރާސާކޮށް ފިޔަވަޅު އެޅުމަށް "ކުޅިފަސް" ދިރާސާ ކުރުން

- ކުޅިވަރާ ގުޅުންހުރި އިދާރާތަކުގައި "ހިންމި" އެސެސްމެންޓް ހިންގައި، ކޮރަޕްޝަންގެ ހިރާސް ދެނެގަނެ ފިޔަވަޅު އެޅުން

- ދިރާސާތަކުން ފާހަގަވާ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުން

- ކުޅިވަރުގެ ދާއިރާގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މުވައްޒަފުން، ޖަމިއްޔާތައް އަދި އާންމުން ހޭލުންތެރިކުރުވުން

މި ކެންޕޭނު އިފްތިތާޙްކުރުމަށް ބޭއްވުނު ހަފްލާގައި ވަޒީރުގެ އިތުރުން، ސްޕޯޓްސް ކޮމިޝަނަރއާއި ވުޒާރާގެ އިސްވެރިންގެ އިތުރުން ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.