ސުކޫލް ކުދިންތަކެއް -- ފޮޓޯ: ވޮއިސް
ހަބަރު
18 Jul 2024 | 20:23
ތިން މާއްދާއިން ފާސްވިޔަސް އޭލެވެލަށް ވަނުމަށް ފުރުސަތު ދޭން ނިންމައިފި

އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ފާސްވެފައިވާ ނަމަވެސް، ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން މިނިސްޓްރީން ވަނީ ހުރިހާ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވައި، ގްރޭޑް 11 އަދި 12 ގައި ކިޔެވުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަން އަންގާފައެވެ.

މީގެ ކުރިން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔަވަން ފުރުސަތު ދެމުން އައީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާއާއި އިތުރު އެއް މާއްދާއަކާ އެކު، ޖުމުލަ ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިގެންނެވެ. ނަމަވެސް މި އައު ބަދަލާ އެކު، ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް އޭލެވެލަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އައު އުސޫލުގެ ދަށުން، އަންނަނިވި ހަތަރު ޝަރުތުންކުރެ ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަވާ ދަރިވަރުންނަށް އޭލެވެލަށް ވަނުމުގެ ފުރުސަތު ލިބޭނެއެވެ:

1. އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބުމާއެކު، ސައިންސް ނުވަތަ ބިޒްނަސް ސްޓްރީމުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބުމާއެކު، އިތުރު އެއް މާއްދާއިން ދަށްވެގެން ސީ ފާހެއް ހޯދުން.

2. އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

3. އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

4. ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ސްކޫލްތަކުގައި ޖާގަ ހުރި ނަމަ، ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ މަޤްޞަދުގައި ކަމަށެވެ. މިއީ ކުރިން ގްރޭޑް 11 އަދި 12 އަށް ވަދެވޭ ކްރައިޓީރިއާގެ އިތުރުން ގެނެސްފައިވާ ބަދަލެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ާއެދުރު
އަނެއްކާ އަނެއް ކަންތައް މުއިއްޒު އުޅެނީ ތަޢްލީމަށް ހަދާނެ ގޮތެއް ނޭގިެންތަ އެއްޗެއް އެނގުނަސް ނެއެގުނަސް އޯލެވެލްވެސް ހަދާ ނިންމަނީތަ އެގޮތަށް އޭލެވެލްސް ހަދަނީތަ އެހެންވީމާ ގައުމިއްޔަތޭ ނުކިޔާ މިސަރުކާރުން
19 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.