ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވިި ހަފްލާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Jul 2024 | 20:11
އަންނަ އަހަރުން ފެށިގެން އެންމެ އަގުބޮޑު އިނާމުތައް ދޭ މުބާރާތަކަށް ޤައުމީ ޤުރުއާން މުބާރާތް ވާނެ: ރައީސް

އަންނަ އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދޭ މުބާރާތް ކަމުގައި ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް އިތުރަށް ވިދާޅުވީ، ދިވެހީންނަކީ އިސްލާމްދީނުގައި ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް 900 އަހަރު ވަމުންދާ ބައެއް ކަމަށާއި، މި ދިގު މުއްދަތުގައި ދިވެހީންނާއި ކީރިތި ޤުރްއާނާ ދެމެދު ވަރަށް މަތިވެރި ފުން ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި ދިވެހީންގެ ސަގާފަތުގައި ހިމެނޭ ކީރިތި ޤުރްއާން ކިޔެވުމާ ގުޅުން ހުރި ކަންކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ތުއްތު ކުދިންނަށް އަކުރު އުނގަންނައިދޭން ފަށާ ހިސާބުން ކީރިތި ޤުރުއާން ދަސްކޮށްދޭން ފަށާކަމާއި، ކޮންމެ ރެޔެއްގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު ކޮންމެ ގެއެއްގައި ކީރިތި ޤުރްއާން ކިޔެވުން އޮންނަ ކަމުގެ އިތުރުން، ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ޤުރްއާން ޚަތިމުކޮށް ދަސްކިޔުއްވުން އޮންނަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މި ދިގު މުއްދަތުގައި އަޅުގަނޑުމެންނާ ކީރިތި ޤުރްއާނާ ދެމެދު އުފެދިފައިވަނީ ވަރަށް މަތިވެރި ފުން ގުޅުމެއް. ދަރީންނަށް ކީރިތި ޤުރްއާން ކިޔަވާށާއި ލިޔާން ދަސްކޮށް ދިނުމަކީ ދިވެހީންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް."

ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، އެ މަނިކުފާނުގެ ސަރުކާރުގައި، ކީރިތި ޤުރްއާނުގެ ޢިލްމާއި ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަން ފާހަގަކުރައްވާ، ކުރިއަށް އޮތްތާ ކުރަން ގަސްތުކުރައްވާފައިވާ ބައެއް ކަންކަން ޙިއްސާ ކުރައްވާފައެވެ. މީގެ ތެރޭގައި:

1. "ދާރުއްސަލާމް" އަދި "ދާރުލްއަރްޤަމް" ނަމުގައި އާ ވަޤުފު އިމާރާތްތަކެއް އެޅުން.

2. ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރުކޮށް، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުން.

3. ކީރިތި ޤުރްއާން ހިތުދަސް ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރުން.

4. ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުން.

މީގެ އިތުރުން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ރާއްޖޭގައި ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.