ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯ މެޑިކަލް ސާވިސަސްގެ އައު ފާމަސީ - ފޮޓޯ: އެސްޓީއޯ
ހަބަރު
22 Jul 2024 | 18:24
ޔޫރަޕުގައި ބޭނުންކުރާ ފެންވަރުގެ މޮޅު ބޭސް އެތެރެކޮށް އަގުތައް ކޮންޓްރޯލްކުރަން ފަށައިފި

ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ޔޫރަޕުގައި ބޭނުންކުރާ ފެންވަރުގެ މޮޅު ބޭސް އެތެރެކޮށް އަގުތައް ކޮންޓްރޯލްކުރަން ފަށައިފިއެވެ.

މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓްގެ ދަށުން ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން ބަލްކްކޮށް ބޭސް ގަނެ ރާއްޖެ ގެނައުމަށް ވަނީ ފަށާފައެވެ.

އެ ގޮތުން، މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަ ދެނީ ޑަބްލިއު.އެޗް.އޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ، އަދި ޔޫއެންޑީޕީއާއި އެމްއެފްޑީއޭގެ ކޮލިޓީ މިންގަނޑުތަކުން ފާސްވާ ބޭސްތަކަށް ކަމަށްވެސް އެމްއެފްޑީއޭ އިން މައުލޫމާތު ދެއެވެ. 

އެމްއެފްޑީއޭ އިން އިތުރަށް ހާމަ ކުރެއްވި ގޮތުގައި، ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ގަންނަ ބޭސްތަކެވެ. މިގޮތުން، ބޭހަށް ކުރާ ޚަރަދު ކުޑަވެ، ބޭހުގެ އަގު ތިރިކުރުމަށް މަގުފަހިވާނެއެވެ.

މި ސިޔާސަތު މިއަދުން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވާއިރު، މި ސިޔާސަތު ތަންފީޒު ކުރަން ނިންމާފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފުރަތަމަ ތަޢާރަފުކުރެވޭ 7 ބޭސް ލިބެން ފަށާނެއެވެ.

މި ސިޔާސަތު ތަންފީޒު ކުރަން ފެށުމާއެކު، ނަތީޖާއެއްގެ ގޮތުން އާސަންދަ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. އަދި ބޭހަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ސިއްޙީ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް