ހަނިމާދޫ މެމްބަރު ޣަފޫރު/ ފޮޓޯ: މަޖިލިސް
ހަބަރު
22 Jul 2024 | 20:40
އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު ގައުމުގެ އިގްތިސާދު އޮތީ ރަނގަޅަށް: މެންބަރު ޣަފޫރު

އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ޤައުމުގެ އިޤްތިޞާދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނު އިރު ޤައުމަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

"32 ބިލިއަން ރުފިޔާގެ އާމްދަނީ ލިބެމުން އައި ޤައުމަށް 34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަންނަމުން ދިޔަ. ހުރިހާ އިޤްތިޞާދީ އިންޑިކޭޓަރުތަކެއް ހުރީ ހަމަ ރަނގަޅަށް. ޓޫރިޒަމް ކުރިއަރަމުން ދިޔަ"

 އަބްދުލްޣަފޫރު ވިދާޅުވިއެވެ.

އަބްދުލްޣަފޫރު އިތުރަށް ވިދާޅުވީ، މިހާރު އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާންޖެހޭނެ ބަދަލުތަކެއް ނޫން ކަމަށާއި، ރާއްޖޭގެ އިޤްތިޞާދުގައި އަދި ރާއްޖެއަށް ލިބޭ އާމްދަނީގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ކުރެވޭ ޚަރަދު ބޮޑުވެގެން މި އުޅެނީ. އެއް ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދު ބޮޑުވެގެން ދިޔައީމާ އިޤްތިޞާދު ފޫ ނުބެއްދިގެން މި އުޅެނީ. އެކަން ކުރަން ޖެހެނީ މި ސަރުކާރުން،"

 އަބްދުލްޣަފޫރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.