ޓްރެފިކް ފުލުހުން --- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ހަބަރު
15 Apr 2024 | 21:52
ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވައިފި

ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ މަންފާ، ކައުންސިލުތަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ކައުންސިލްތަކުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަން ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވާފައިވާކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ޑރ. މުއިއްޒު ނިންމަވާފައި އޮތީ، ކައުންސިލްތަައް ބާރުވެރިކުރުވުމަށްޓަކައި އެ ބޭފުޅުންނަށް ލިބެން އޮތް އެންމެ ބޮޑު މިނެއްގައި އެ ބަޖެޓްތައް ދޫކުރެއްވުން، ހަމަ އެއާއެކީގައި ކައުންސިލްތަކުން ކުރާ މަސައްކަތަކަށް އެ ހިދުމަތަކަށް އަގު ނުލިބޭ ކަމަށްވަންޏާމުން ދަތިތަކެއް ކުރިމަތިވާނެކަން އަޅުގަނޑުމެންނަށް އެނގޭ،". ވަޒީރު ވިދާޅުވިއެވެ.

މިހާރު ލައިސަންސް ދޫކުރުމުގެ ޚިދުމަތަށް ދައްކަން ޖެހޭ ފައިސާ ދައްކަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށެވެ. އެހެންކަމުން އެ ޚިދުމަތުގެ އެއްވެސް ނަފާއެއް ކައުންސިލްތަކަކަށް ނުލިބެއެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ މަހުގެ 1 އިން ފެށިގެން ލައިސަންސްގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލްތަކަށް، އެ މަސައްކަތުގެ ހައްގު އެ ލިބެން ޖެހޭ ފީއަކީ އެ ކައުންސިލްތަކަށް ލިބެން ޖެހޭ ފީއެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖައްސާފައި އޮންނާނީ،" 

ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، ކަނޑުދަތުރުކުރާ އުޅަނދުތައް، އަހަރަކު އެއްފަހަރު ހައްދަންޖެހޭ ސަލާމަތީ ސެޓްފިކެޓް އައު ކުރަންޖެހޭ މުއްދަތުވެސް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މި މުއްދަތު އިތުރުކުރަން ނިންމާފައިވަނީ 5 އަހަރަށެވެ.

"ބޭނުންވަނީ ޚިދުމަތް ހޯދުމުގައި ލުއިކޮށްދިނުން. ކުޑަ ބޮއްކުރާއެއް ގެންގުޅޭމީހާވެސް އަހަރަކު އެއްފަހަރު ސެޓްފިކެޓް ހައްދަންޖެހޭ. އެހެންވީމަ އެކަމަށް ލުޔެއް މި ގެނައީ. އެކަމަކު އުޅަނދުތަކުގެ ސަލާމަތީ ކަންކަން އަހަރަކު އެއްފަހަރު އުސޫލުން ބަލަމުންދާނަން." 

ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ސެޓްފިކެޓް ހައްދަންޖެހޭ މުއްދަތު އިތުރުކުރިނަމަވެސް، އުޅަނދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން ކުރަންޖެހޭ ކަންކަން ޤަވާއިދުން ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.