ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Apr 2024 | 17:03
ފީއަލިން ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާނަން - ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ފ.ފީއަލީގެ ބިންހިއްކުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ނިލަންދެ އަތޮޅު އުތުރުބުރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފީއަލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެންމެ މުހިންމު އެއް ކަމަކީ ބިން ހިއްކުން ކަމަށެވެ.

މިދިޔަ ސަރުކާރުން ވަނީ ފީއަލިން 13.8 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް ފީއަލީ ކައުންސިލުން ފާހަގަކުރައްވާފައިވާ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދަނީ ރައްޔިތުން އެންމެ ބޭނުންވާގޮތަށް ނޫނެވެ. މިއަދު ބޭއްވި މިޖަލްސާގައިވެސް ފީއަލީ ކައުންސިލްގެ ރައީސް ވަނީ ބިން ހިއްކުމުގެ މަޝްރޫޢު ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފީއަލީ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށު ފަޅުން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތް ކަމަށާއި އަދި އެއަށްވުރެ ބޮޑަށްވެސް ހިއްކެންޏާ އެބައިވެސް ހިމެނޭގޮތަށް ހިއްކައިދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު ކެމްޕޭންތެރޭގައި ވެސް އެ ވައުދުވިން. އަޅުގަނޑު ވައުދު ވަނީ އިރާދަކުރެއްވިއްޔާ އެ ކަންކަން ވައުދުވާ ގޮތަށް ފުއްދުމުގެ ބޭނުމުގަ. މިހާރު ފެށިފަ އޮތް މަޝްރޫއު ކުރިއަށް ގެންގޮސް ނިމުމާއެކީ އަދި ބާކީ ފަޅުތެރޭގަ އޮތް ޖާގައާއެކީގަ ރައްޔިތުން އެދޭ ގޮތަށް އެކަން ކުރަން ވައުދުވީ. އެހެންވީމަ ގާތްގަނޑަކަށް 15 ހެކްޓަރު އުފެއްދެން އެބައޮތް ބިމުގެ ޖާގަ. އެހެންވީމަ އަޅުގަނޑު ވައުދުވީ ގޮތަށް އެ މަސައްކަތް ކުރިއަށްގެންދާނީ.''

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުވެސް ފީއަލީގައި ނުނިމި ހުރި މަޝްރޫއުތަކާއި، އަލަށް ކުރިއަށްގެންދަން ނިންމާފައިވާ މަަޝްރޫއުތައްވެސް ލަސްތަކެއްނުވެ ފެށޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދަވާނީ އަވަސް ދުވެއްޔެއްގައި ކަމަށާއި ފީއަލީ ރައްޔިތުން ބޭނުންވާ ތަރައްޤީ އެރަށަށް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.