ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
13 Apr 2024 | 21:46
މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ބުނެ އެމްޑީޕީއިން ކުރި ތުހުމަތު ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށްބުނެ އެމްޑީޕީން ނެރެފައިވާ ބަޔާން ޕީޕީއެމް/ޕީއެންސީއިން ދޮގުކޮށްފިއެވެ..

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން، ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެނޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންދާ ކަމަށް ބުނެފައެވެ. އަދި އެ ވާހަކަ ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ދައްކާފައިވާތީ، އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ބަޔާނަށް ރައްދު ދެމުން ޕީޕީއެމް/ޕީއެންސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ އެ ޕާޓީއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމުގައިވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ޕީޕީއެމް/ޕީއެންސީއިން ރައްޔިތުންގެ ތާޢީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދީގެން އަދި ރައްޔިތުންގެ އަޑު އަހައިގެން ކަމަށްވެސް ބަޔާނުގައި ވެއެވެ.

މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެމްޑީޕީގެ އިސްވެރިން ރަށްރަށަށް ކުރާ ދަތުރުތަކުގައި މިހާރުވެސް ވަޒީފާތަކުގައި ތިބި ފަރާތްތަކުން ބައިވެރިވާކަމަށާ މިދިޔަ ސަރުކާރުން ސިޔާސީ ފިކުރަށް ބަލާ ވަޒީފާތަކުން މީހުން ވަކިކޮށް ބިރު ދައްކާ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރަމުން ދިޔަ ގޮތަށް ކަންކަން ކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ސިޔާސަތެއް ނޫންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.