ޢީދުގެ އަލިތަކުން ރާއްޖެ ދިއްލައިލުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Apr 2024 | 09:34
އަޅުގަނޑު ބޭނުންވަނީ ކުދިބޮޑު އެންމެނަށް ޢީދުގެ މުހިންމުކަން އިހްސާސްވާން: ރައީސް ޑރ. މުޢިއްޒު

ޢީދު ދުވަސް ފާހަގަ ކުރައްވަން ބޭނުންވަނީ އެއް ރޫޙެއްގެ އެއްބައެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކުގައި ކަމަށާ، ކުދިބޮޑު އެންމެނަށް އީދުގެ މުހިންމުކަން އިހްސާވާން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ފިޠުރު ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަޅުގަނޑުމެން އެންމެންނަކީވެސް އެއް ނަސްލަކަށް ނިސްބަތްވާ އެއް ބަހަކުން ވާހަކަ ދައްކާ ފަޚުރުވެރި ދިވެހިންނަށް ވީތީ، އެއްބައިވަންތަކަމުގެ ރޫޙު ދިރުވާ އާލާ ކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ފަދަ ކަމެއް ދިމާވިޔަސް ކޮންމެ ކަހަލަ ޚިޔާލު ތަފާތުވުމަކާ ކުރިމަތިވިޔަސް ދިވެހިންނަށް ވީތީ ފަޚުރުވެރިކަން މަތީ ދެމިތިބެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން އެކުގަ އެއް ރޫޙެއްގަ, އެކުގަ އެއް ބައެއްގެ ގޮތުގަ މި ޢީދު ފާހަގަ ކުރަން. އަޅުގަނޑުމެންނަކީ ދިވެހިން. ފަޚުރުވެރި ދިވެހިން. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންނަކީ އެއްބައެއް. އެއް ނަސްލަކަށް ނިސްބަތްވާ އެއް ބަހަކުން ވާހަކަދައްކާ އެއް ދީނަކަށް ތަބާވާ އެއްބައެއް. " 

ރައީސް ވިދާޅުވިއެވެ.

ޢީދުގެ އަލިތަކުން ރާއްޖެ ދިއްލައިލުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މުޅި ރާއްޖެ ޢީދުގެ މުނާސަބަތުގައި ދިއްލައިލަން ގަސްތުކުރެއްވީ، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވީ ހިނދު އެކަން ފާހަގަ ކުރަން ޖެހޭތީ ކަމަށެވެ. އަދި މުސްލިމުންނަށް ވީތީ، ޢިދަށް އިންތިޒާރުކޮށް, ޢީދަށް ތައްޔާރުވެ، ދީނުގެ ހަމަތަކުގެ މަތިން ޢީދު ފާހަގަ ކުރުމުގައި އެންމެންވެސް ބައިވެރިވުމަށް ރައީސް އިލްތިމާޒު ކުރެއްވެވިއެވެ.

"ދިވެއްސަކަށް ވީތީ އަޅުގަނޑުމެން ފަޚުރުވެރިވާންވީ އަޅުގަނޑުމެންނަށް الله ސުބުޙާނަހޫ ވަތަޢާލާ އެންމެ މަތިވެރި ނިޢުމަތް، އިސްލާމް ދީނުގެ ނިޢުމަތް ދެއްވާފައިވާތީ. އަޅުގަނޑުމެންނަކީ އިސްލާމްދީނަށް ނަސްރުދޭ އިސްލާމް ދީން ކުރިއަރުވާ ބަޔަކަށް ވާން ޖެހޭ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ދެ ޢީދު، އެއީ އުފާ ފާޅުކުރަން އެ ކަލާނގެ ނިޢުމަތް ކުރައްވާފައިވާ ދެ ދުވަސް. އެހެންކަމުން އަޅުގަނޑު ބޭނުންވަނީ ކުދި ބޮޑު ހުރިހާ އެންމެންނަށް، ޚާއްސްަކޮށް ކުޑަކުދިންނަށް، ޒުވާނުންނަށް މީގެ މުހިންމުކަން އިހުސާސްވާން." 

ރައީސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ދެއްކެވި ވާހަކަކޮޅު ނިންމާލައްވަމުން ރައީސް ވިދާޅުވީ އުންމީދުތައް ޙާސިލްވާނީ އެއްބައިވަންތަ ކަމާއެކުގައި ޤައުމު އާރާސްތުކުރަން މަސައްކަތް ކުރުމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފިޠުރު ޢީދާ ދިމާކޮށް، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ރާޢްޖޭގެ ބޮޑެތި ހުރިހާ ރަށްތަކެއް ދިއްލާލައިފައެވެ. ވަރަށް ގިނަ ރަށްތަކުން، ޢީދަށް އެ ރަށްތައް ދިއްލުމަށް އެދިފައިވާކަން ހާމަ ކުރައްވާ، ކުރިއަށް އޮތް އަޟްހާ ޢީދާއި ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ރަށްތައްވެސް ޢީދުގެ އަލިތަކުން ދިއްލައިލާ މިއަށްވުރެވެސް ކުލަ ގަދަކޮށް ޢީދު ފާހަގަ ކުރައްވާނޭ ކަމަށް ރައީސް، ވަޢުދުވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.