3 ރަށެއްގައި މަސް ބަންދުކުރާ ކާރުޚާނާ އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ވޮއިސް
ހަބަރު
14 Apr 2024 | 22:33
ތިން ރަށެއްގައި މަސް ފެކްޓްރީ އެޅުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ތިން ރަށެއްގައި މަސް ބަންދުކުރާ ކާރުޚާނާ އެޅުމަށް ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 3 ރަށެއްގައި މަސް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަނާއެވެ. ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމްއެވެ.

މަސްބަންދުކުރާ ކާރުޚާނާ ޤާއިމުކުރަން ހަމަޖެހިފައިވަނީ ދ. މާދެލި، ގދ. ފިޔޯރީ، އަދި ޅ. ފެލިވަރުގައެވެ. އެ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި ތިން ރަށުގައި ފެކްޓްރީ ގާއިމްކުރާނެ ކަމަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ދ.އަތޮޅު މަޝްރޫޢު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބަނދަރު ތަރައްގީކުރުމާއި ލޭންޑިން ފެސިލިޓީސް އާއި އެކޮމަޑޭޝަން، މަގުހެދުން އަދި 1500 ޓަނުގެ ކެފޭސިޓީގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިންނާއި ބްލާސްޓް ފްރީޒިން ފެސިލިޓީއެއް ގާއިމްކުރާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ދުވާލަކު 50 ޓަނުގެ މަސް ރައްކާކުރެވޭ ފެސިލިޓީއެއް ގާއިމް ކުރާނެ ކަމަށްވެސް ވުޒާރާއިން ހާމަކުރެއްވިއެވެ.

ފިޔޯއަރީ މަޝްރޫއުގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް، ބްރައިން، އަދި ބްލާސްޓް ފްރީޒިން ފެސިލިޓީއަކާއި، ދުވާލަކު 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި، މަސް މީލް ޕްލާންޓަކާއި، ރިހާކުރު ޕްރޮޑަކްޝަން ފެސިލިޓީއެއް ޤާއިމުކުރަން ވަނީ ހަމަޖެހިފައެވެ.

ފެލިވާރު މަޝްރޫއުގެ ދަށުން 38 އަހަރު ވެފައިވާ ކެނަރީގެ ބަދަލުގައި ދުވާލަކު 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓުކޮށްގެން ރާއްޖެއަށް ގާތްގަނޑަކަށް 91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، މަސް ޕްރޮސެސް ކުރުމުން އެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށެވެ.

"މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުވަމުންދާއިރު މި ސިނާޢަތް ވެގެންދާނީ ރާއްޖެއަށް ބޭރު ފައިސާ އާމްދަނީގެ ގޮތުގައި ވައްދާ އެންމެ ބޮޑު އެއް ސިނާޢަތަށް." 

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ޑިޒައިނިންގއާއި ފައިނޭންސްގެ ކަންކަން އަދި ކުރަންހުރުމާއެކު، މަސައްކަތް ފެށުމަށް އަދި ދެތިން މަސް ހޭދަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.