ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލް ކޮމްޕައުންޑްގެ ތެރޭގައި އިސްރާއީލުގެ ސިފައިން ވަޅުލާފައިވާ ހަށިގަނޑެއް ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިން ހޯދަނީ - ފޮޓޯ: އޭއެފްޕީ
ހަބަރު
24 Apr 2024 | 16:08
ޣައްޒާއިން ފެނުނު ކަށްވަޅުތައް ތަޙުޤީގު ކުރަން އ.ދ. އިން ގޮވާލައިފި

ޣައްޒާއިން ފެނުނު ކަށްވަޅުތައް ތަޙުޤީގު ކުރަން އދ. އިން ގޮވާލައިފިއެވެ.

އަދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން އިއްޔެ ގޮވާލާފައިވަނީ، ޣައްޒާއިން ފެނުނު، އެތައް ބަޔަކު ވަޅުލާފައި ހުރި ބޮޑެތި ވަޅުގަނޑުތަކާބެހޭ ގޮތުން މިނިވަން ތަޙްޤީގެއް ކުރުމަށެވެ. މިދިޔަ ދެ ހަފްތާ ތެރޭގައި ޣައްޒާގެ ބޮޑު ދެ ހޮސްޕިޓަލެއް ކައިރިން ކަށްވަޅުތަކެއް ފެނިފައިވާއިރު އެ ވަޅުގަނޑުތަކުން ފެނުނު ގިނަ މީހުންނަކީ ކޮންބައެއް ކަމެއް އަދިވެސް ނުހޯދެއެވެ. 

ކަށްވަޅުތަކުން ޢުމުރުން ދުވަސްވީ އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 300 މީހުންގެ ހަށިގަނޑު ފެނިފައިވެ އެވެ. މި ކަށްވަޅުތައް ފެނިފައިވަނީ ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލް ކައިރިންނާއި ޚާން ޔޫނިސް ގެ ނާސިރް ހޮސްޕިޓަލު ކައިރިންނެވެ. 

އަލް ޝިފާ ހޮސްޕިޓަލް ކައިރިން ކަށްވަޅުތަކެއް ފެނިފައިވަނީ ނިރުބަވެރި އިސްރާއިލު ސިފައިން އަލް ޝިފާ ހޮސްޕިޓަލުގައި ދެ ހަފްތާ ވަންދެން ހަރަކާތްރިވެފައި ނުކުމެގެން ދިޔުމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝިފާ ހޮސްޕިޓަލު ކައިރިން ދެ ކަށްވަޅު ފެނިފައިވާއިރު ޖުމުލަ 30 މީހުންގެ ހަށިގަނޑު މި ދެ ވަޅުގަނޑުން ވަނީ ފެނިފައެވެ. 

އަލް ޝިފާ ހޮސްޕިޓަލުން ވަޅުގަނޑުތައް ފެނުނުތާ ދެ ހަފްތާ ފަހުން ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލްގެ ގޯތިތެރެއިން 283 މީހުންގެ ހަށިގަނޑު ހިމެނޭ ކަށްވަޅެއް ފެނިފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އިން މިދިޔަ ހަފްތާ ބަންދުގައި ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބަސާލް ވިދާޅުވީ ޚާން ޔޫނިސް އިން ފެނުނު ބައެއް ހަށިގަނޑުތަކަކީ އަތް ކަނޑާލައި، ބޮލަށް ބަޑިޖަހާފައި ހުރި ހަށިގަނޑުތަކެއް ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ވަޅުގަނޑުތަކުގައި މީހުން ވަޅުލިކަން ދޮގުކޮށް އިތުރު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.

ކޮމެންޓް
ވ
ތަހުގީގު ކުރަންގޮވާލުން ފިޔަވާ ދެންކޮންކަމެއްތޯވަނީ އަލިފު ދާލުވެސް އެމީހުނާއެއްބައީތަ ކަމެއްނުވަނީ ؟
24 Apr 2024
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.