މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވަލީދު ވާހަކަ ދައްކަވަނީ
ހަބަރު
20 Apr 2024 | 13:55
އެމްޑީޕީގެ ވެރިކަމުގެ ވަނީ އިސްލާމްދީނުގެ ޙުރުމަތްކަނޑާފަ - ހީނާ

އެމްޑީޕީގެ ވެރިކަމުގައިވަނީ އިސްލާމްދީނުގެ ޙުރުމަތްކަނޑާފައިކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ދޭންޖެހޭ އިޙްތިރާމު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށެވެ. އެގޮތުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ވެރިކަމުގަ މިއޮތީ އިސްލާމްދީނުގެ ޙުރުމަތް ކަނޑާ އިސްލާމްދީނަށް ވަރަށް ބޮޑަށް އިޙްތިރާމް ކުޑަކޮށްފަ. އިސްލާމްދީނަށް ފުރައްސާރަ ކުރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ކީރިތި ޤުރްއާނަށް ހަޖޫޖަހާ އަދި ހަމަ އެހެންމެ މިސްކިތްތަކުގެ ޙުރުމަތް ކަނޑާ އަދި މަގުމަތީގަ އިސްލާމްދީނަށް ފުރައްސާރަކޮށް މިފަދަ ކަންތައްތައް ކުރަމުން ދިޔަ ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރުގަ އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުނު." 

ހީނާ ވަލީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަ ކޮށްގެން ހައްޔަރު ކުރެވުނު މީހުން ދޫކޮށްލާ އެމީހުންނަކީ ސިކުނޑި ހަމަނުޖެހޭ މީހުން ކަމުގަ ނިންމާފައި ވާކަންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ހީނާ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމްދީނަށް ދެއްވާ އަހަންމިއްޔަތުކަން މިދިޔަ ރޯދަ މަހު ފެނިގެންގޮސްފި ކަމަށެވެ.

"އަލަށް މިފަހަރު ރަމަޟާންމަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއް ކަމުގަ ހަމަޖައްސާ އަދި ހަމަ އެހެންމެ އެދުވަސްތަކަކީ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އަޅުކަމުގަ ޝާމިލް ވެވޭނެ ފަދަ ގޮތަކަށް، އެ ވަގުތުތައް ދެއްވޭނެ ފަދަ ގޮތަކަށް އެކަން ކުރެވިގެން ދިޔަ ކަމީ ރައީސުލް ޖުމްހޫރިއްޔާ އިސްލާމީކަންތައްތަކާ އަދި އަޅުކަމާ މިފަދަ ކަންތައްތަކަށް ދެއްވާ އަހަންމިއްޔަތު އަޅުގަނޑުމެންނަށް ހާމަވެގެން ދިޔަ ކަމެއް." 

ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތަކާއި ދަރަނި އިތުރުވެފައިވާކަންވެސް ހީނާ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.