ޕީއެންސީގެ ކެނޑިޑޭޓު އަދި ކުރީގެ މެންބަރު އިބްރާހީމް ފަލާހް
ހަބަރު
21 Apr 2024 | 20:10
އިނގުރައިދޫ ދާއިރާގެ ގޮނޑި ފަލާހު ކާމިޔާބު ކުރައްވައިފި

ރ.އަތޮޅު އިނގުރައިދޫ ދާއިރާގެ ގޮނޑި، އިބްރާހިމް ފަލާހް ކާމިޔާބުކުރައްވައިފިއެވެ.

އިނގުރައިދޫ ދާއިރާގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓު އަދި ކުރީގެ މެންބަރު އިބްރާހީމް ފަލާހް ކާމިޔާބުކުރައްވާފައިވަނީ، ވަގުތީ ނަތީޖާ ދައްކާގޮތުން ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިހާތަނަށް ގުނައި ނިމުނު ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން، ފަލާހް ވަނީ އިންނަމާދޫ، ރަސްމާދޫ އަދި އިނގުރައިދޫ ފޮށިންވެސް ގިނަ ވޯޓުތަކެއް ހޯއްދަވާފައެވެ.

އެގޮތުން އިނގުރައިދޫ ދާއިރާގެ ފޮށި ނަމްބަރު 4.2 އިން ފަލާހު ވަނީ 236 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެފޮށިން އިސްމާއީލް 96 ވޯޓު ކާމިޔާބު ކުރައްވާފައިވާއިރު ސަލީމް ވަނީ 38 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އަދި އެ ފޮށިން ހަސަނަށް ލިބިފައިވަނީ 5 ވޯޓެވެ.

ރަސްމާދޫގައި ބެހެއްޓި ވޯޓު ފޮށިން ވެސް ފަލާހު ވަނީ 240 ވޯޓާއެކު މެޖޯރިޓީ ހޯދައްވާފައެވެ. އެފޮށިން އިސްމާއީލް ވަނީ 103 ވޯޓު އަދި ހަސަން 13 ވޯޓު ހޯދައްވާފައެވެ. މި ފޮށިން ސަލީމަށް އެއްވެސް ވޯޓެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

ފަލާހަކީ 18 ވަނަ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 19 ވަނަ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވުމަށް ފަހު ފަލާހުވަނީ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަންފައެވެ. އެއަށް ފަހު އަލުން ފަލާހު ސިޔާސީ ދާއިރާގަިއ ހަރަކާތްެރިވާން ފެށީ މިދިޔަ އޮގަސްޓު މަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.