މަޖިލިސް އިންތިޚާބު 2024
14 May 2024
އެމްޑީޕީ ދެމިއޮންނާނީ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި
އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި ކަމަށް އެޕާޓީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
02 May 2024
އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް އެމްޑީޕީން ދިރާސާ ކުރަނީ
އިދިކޮޅު އެމްޑީޕީ އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް އެމްޑީޕީން ދިރާސާ ކޮށް، ރައްޔިތުން އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި، ޕާޓީގެ މަގުޗާޓު އެކުލަވާލަން ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
30 Apr 2024
ކެމްޕޭން އަށް ޖަހާފައިވާ ކެންވަސްތައް ނެގުމަށް އެދެފި
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން އަށް ޖަހާފައިވާ ކެންވަސްތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދެފިއެވެ.
29 Apr 2024
20 ވަނަ މަޖިލީހަށް، ގާނޫނު ހަދާނެ މީހެއް ނުހޮވި: އިބްރާހިމް ރަޝީދު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވާފައި ތިބީ ވެލް ފެއަރ އޮފިސަރުން ކަމަށާ، ގާނޫނު ހަދާނެ މީހަކު ހޮވާފައި ނުވާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)ގެ ނުރުހުން އަނެއްކާވެސް ރައްޔިތުންނަށް އަމާޒުކުރައްވައިފިއެވެ.
26 Apr 2024
އިންތިޚާބީ މިނިވަން މެންބަރުންގެ ޕާޓީ ބަދަލުކުރިޔަށް އަދި ގޮނޑި ނުގެއްލޭނެ
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވި މިނިވަން މެންބަރުންގެ މައްޗަށް އެންޓި ޑިފެކްޝަން ޤާނޫނުގައި ބުނާ ހާލަތްތައް އަދި ނުހިނގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
25 Apr 2024
ސުޕަ މެޖޯރިޓީގެ ނާޖާއިޒު ފައިދާ މި ސަރުކާރުން ނުނަގާނެ: ޝިޔާމް
މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބިފައި އޮތް ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
25 Apr 2024
ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން ނިންމައިފި
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
25 Apr 2024
ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި މިނިވަން ކެންޑިޑޭޓު ވެސް ޕީއެންސީއަށް
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުޙައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.